ކެތި ފަހު ދުވަސް | މޫސުމީ ތިން ސަމާލެއް، ކަނޑު ގަދަވާނެ

މިއީ ހުޅަނދު މޫސުގެ ތިންވަނަ ނަކަތް ކަމަށްވާ ކެތި ނަކަތެވެ. މި ނަކަތް ދެމިގެންދާނީ މެއި 19-6 ގެ ނިޔަލަށެވެ. އުޅަނދު މޫސުމުގެ ވިއްސާރަ ފެށިގެން އަންނާނީ މި ނަކަތުންނެވެ.

ރާއްޖެ މަތީގައި ވިލާތައް އުފެދިފައި : މޫސުން ގޯސްވާނެ ކަމަށް އަންދާޒާކޮށްފައިވޭ

ހުޅަނގު މޫސުމުގެ ކެތި ނަކަތުގެ ފަހު ދުވަސް ނިމުމަކަށް އަންނައިރު، ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ތިން ސަމާލެއް ނެރެފި އެވެ. 

މޫސުމާ ބެހޭ އޮފީހުން ވަނީ މިދިޔަ އަށެއްކަ ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ހިމެނޭހެން ތިން ސަމާލެއް ނެރެފަ އެވެ. މިގޮތުން މިއަދު ރ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ރީނދޫ ސަމާލެއް ނެރެފައިވެ އެވެ. އަދި ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގައި ހިމެނޭހެން ރީނދޫ ސަމާލެއް ނެރެފައިވެ އެވެ. އެންމެފަހުން ސަމާލެއް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅުގައި ހިމެނޭ ރަށްތަކަށެވެ. މި ސަރަހައްދަށް ނެރެފައިވަނީ ހުދު ސަމާލެކެވެ. 

މިއަދުގެ މޫސުން - ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. އެހެންވެ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރެ އެވެ. 

މެޓް އޮފީހުން އަންދާޒާކޮށްފައިވާ ގޮތުގައި ހުޅުމާލެ އާއި ހަނިމާދޫ އަދި ކާޑެއްދޫ ހިމެނޭ ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ އެވެ. އަދި ކައްދޫ އާއި ގަމަށް ކެރީގެ އަސަރު ފޯރާނެ އެވެ. 

ކޮން ނަކަތެއް ؟ - މިއީ ހުޅަނދު މޫސުގެ ތިންވަނަ ނަކަތް ކަމަށްވާ ކެތި ނަކަތެވެ. މި ނަކަތް ދެމިގެންދާނީ މެއި 19-6 ގެ ނިޔަލަށެވެ. އުޅަނދު މޫސުމުގެ ވިއްސާރަ ފެށިގެން އަންނާނީ މި ނަކަތުންނެވެ. 

ހުދު ސަމާލު - މި ސަމާލު ނެރެނީ އެއް ގަޑިއިރު ތެރޭ 05 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 05 މިލިމީޓަރު ވެހޭނެ ކަމަށް އަންދާޒާކޮށްފަ އެވެ. އަދި ފާހަގަކުރެވޭ ވަރަށް ގުގުރުން އަދި މިފަދަ ގޮތަކަށް ގުގުރާނެ ކަމަށް ލަފާކުރެވުމުންނެވެ. އަދި މި ސަމާލު ނެރެނީ ވައި އަދި ކަނޑު ފާއިތުވި ތިން ގަޑިއިރު 19-12 މޭލަށް ނުވަތަ ފާއިތުވި އެއް ގަޑއިރު 11-17 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުންނެވެ. އަދި ވިލާގަނޑުގައި ވައިގަދަވުން ގަޑިއަކު 50 މޭލަށް ވައި ގަދަވުން ގާތެވެ. މީގެ އިތުރުން އުދަ އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް ލަފާކުރެވުން (އަސަރުކުރާނެވަރު ކުޑަކަމަށް ބެލެވުން) ވުމުންވެސް މި ސަމާލު ނެރެ އެވެ. 

ރީނދޫ ސަމާލު - މި ސަމާލު ނެރެނީ ބޯކޮށް ވާރޭވެހުން އަދި ފެންބޮޑުވެދާނެ ކަމަށް އަންދާޒާކޮށެވެ. އަދި އެއް ގަޑިއިރު ތެރޭ 70 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 100 މިލިމީޓަރުގެ ވާރޭ ވެހުން ގާތެވެ. އަދި ގުގުރުން ބާރަށް ގުގުރުން އަދި މިފަދަ ގޮތަކަށް ގުގުރާނެ ކަމަށް ލަފާކުރެވެ އެވެ. މީގެ އިތުރުން ވައި އަދި ކަނޑު ފާއިތުވި ތިން ގަޑިއިރު 25 - 30 މޭލަށް ނުވަތަ ފާއިތުވި އެއް ގަޑއިރު 28 - 35 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ވިލާގަނޑުގައި ވައިގަދަވުން ގަޑިއަކު 55 މޭލަށް ވައި ގަދަވެ، އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް ލަފާކުރެވުން (މަދުވެގެން ފަސް ރަށަށް އަސަރުކުރުން) ފުރުސަތު އޮތުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.