އިއްޔެ 11:30 ހާއިރު ގެނބެނިކޮށް އުމުރުން 40 އަހަރުގެ އެމީހާ ސަލާމަތް ކޮށްފައި ވަނީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ސާފަރު ކަމަށްވާ އަބްދުﷲ އަރީފް (ފުކޫ) އެވެ.
މާލޭގެ ނޯތު ހާބަރުގެ ތޮށިގަނޑު ބޭރުން އޮޔާ ދަނިކޮށް ސަލާމަތް ކުރި މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެޗުން މިއަދު ބުނެފި އެވެ.
އިއްޔެ 11:30 ހާއިރު ގެނބެނިކޮށް އުމުރުން 40 އަހަރުގެ އެމީހާ ސަލާމަތް ކޮށްފައި ވަނީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ސާފަރު ކަމަށްވާ އަބްދުﷲ އަރީފް (ފުކޫ) އެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު ބުނީ އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި، ވެންޓިލޭޓަރުގައި ކަމަށެވެ.
އިއްޔެ ހިނގާދިޔަ މިހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. މީހާ ގެނބެނިކޮށް ފުކޫ ވަނީ އެމީހާ ސަލާމަތްކޮށް، އެއްގަމަށް އަރުވާފަ އެވެ. އެމީހާ ސަލާމަތް ކުރަން ފުކޫ މޫދަށް ފުންމާލީ ބޯޓަކުން ބެއި ފައްޗެއް ހިފައިގެންނެވެ.
ފުކޫއަކީ ސާފިންގައި ކުޅަދާނަ ހުނަރުވެރި އެކެވެ. އާޓިފިޝަން ބީޗުގައި ލައިފް ގާޑުން ބަހައްޓަން ތަމްރީންކުރި ގައިޑުންގެ ތެރޭގައި ވެސް ހިމެނުނު ހުނަރުވެރިއެކެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ގެނައިއިރު އޮތީ ހަބަރު ހުސްވެފަ އެވެ. އެމީހާ އެއްގަމަށް އެރުވުމަށްފަހު ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.