ޔޫރަޕުން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ޔޫކޭއިންނެވެ. އެ ގައުމުން މިއަހަރުގެ ތިން މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ އަށް ޕަސެންޓް އިތުރުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ޔޫރަޕުން ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ހަތަރު ޕަސެންޓް އިތުރު ވެއްޖެ އެވެ.
މަރުކަޒީ ބޭންކުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ޔޫރަޕުން 399,583 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ 416,785 އަށް އިތުރުވެ ހަތަރު ޕަސެންޓު އިތުރުވެފަ އެވެ.
ޔޫރަޕުން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ޔޫކޭއިން މިއަހަރުގެ ތިން މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ އަށް ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރު 65,404 ޓޫރިސްޓުން އައިސްފައިވާއިރު މިދިޔަ އަހަރު އައީ 58,460 ޓޫރިސްޓުންނެވެ. އަދި އިޓަލީން މި އަހަރު 58,020 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 57,648 ޓޫރިސްޓުންނެވެ. އަދި ފްރާންސުން މި އަހަރު 25,518 ޓޫރިސްޓުން އައިސްފައިވާއިރު މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 23,119 ގަ އެވެ.