އޮޔާދިޔަ މީހާ އެއްގަމަށް ގެނައީ އެމްބީބީއޭގެ ކުރީގެ ރައީސް ފުކޫ

ފުކޫވަނީ އެމީހާ ގެންބެމުން ދިޔަތަން ފެނުމާއެކު ނޯތުހާބަރާ ދިމާ ބޭރަށް ފުންމާލައިގެން އެމީހާ އެއްގަމަށް ގެނެސް ދީފަ އެވެ.

ފުކޫ އެމީހާ އެއްގަމަށް ގެންނަންނީ -- މިހާރު / ކައިރޭ އަފީފު

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ސާފަރު ކަމަށްވާ އަބްދުﷲ އަރީފް (ފުކޫ) އާއި އޭނާގެ ރަހުމަތްތެރިއަކު ދިޔައީ ބޯޓަކުން އެއްޗެއް ނަގަން ނޯތް އާބަރަށެވެ.  ގޮސް ތޮށިގަނޑު ކައިރިން ދަނިކޮށް އެ ދެ މީހުންގެ ލޮލުގައި އަޅައިގަތީ ތޮށިގަނޑު ބޭރުން މީހަކު އޮޔާދާ މަންޒަރެވެ. ގިނަ ބަޔަކަށް އެ މަންޒަފު ފެނުނު ނަމަވެސް އޭނާ އަށް އެހީވާން ދާނެ މީހަކު ނުވެ އޮތީ އެވެ. 

އެކަމަކު، އެ މަންޒަރު ބަލަން ރާއްޖޭގެ މަޝްހޫރު ސާފަރު ރަންނަމާރި ޗެލެންޖް 1445 ގައި ސްޓޭންޑަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ސާފިން ޗެމްޕިއަން (ފުކޫ) މަޑެއް ނުކުރި އެވެ. ވަގުތުން އަތުގައި ހުރި ފޯނާއި އެނޫން ވެސް އެއްޗިހި ދޫކޮށްލުމަށްފަހު ތޮށިގަނޑުން ބޭރަށް ފުންމާލި އެވެ.

ސޯޝަލް މީޑިއާގައި ފުކޭގެ ކޮއްކޮށް ކައިރޭ އަރީފު އާއްމުކޮށްފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި މޫސުން ގޯސް މިއަދުގެ ހިނގި މި ހާދިސާގައި ފުކޫވަނީ ގެންބެމުން ދިޔަ މީހާ ގެނެސް އެއްގަމަށް އަރުވާފަ އެވެ. ފުކޫއަކީ ސާފިންގައި ކުޅަދާނަ ހުނަރުވެރި އެކެވެ. އާޓިފިޝަން ބީޗުގައި ލައިފް ގާޑުން ބަހައްޓަން ތަމްރީންކުރި ގައިޑުންގެ ތެރޭގައި ވެސް ހިމެނުނު ހުނަރުވެރިއެކެވެ.

ކައިރޭ އަރީފު ބުނި ގޮތުގައި ގެންބެމުން ދިޔަ މީހާ ސަލާމަތް ކުރަން ފުންމާލީ ބޯޓަކުން ބެއި ފައްޗެއް ހިފައިގެންނެވެ.

"ފުރަތަމަ ފުކޫ ގޮވި އެ މީހާ ކައިރީ އައްދަށަށް އަންނާށޭ. އެކަމަކު އިރުކޮޅަކުން ފެނުނީ އެމީހާ އަޑިއަށްދާތަން. ވަގުތުން ފުކޫ ފުންމާލައިގެން އެމީހާ އައްދަށަށް ގެނެސް ދިނީ،" ކައިރޭ ބުންޏެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ގެނައިއިރު އޮތީ ހަބަރު ހުސްވެފަ އެވެ. ކައިރޭ އަފީފު ބުނި ގޮތުގައި ގެންބުނު މީހާގެ ހާލެއް ނޭނގެ އެވެ. އެމީހާ ވަނީ ވަގުތުން ހޮސްޕިޓަކަށް ގެންގޮސްފަ އެވެ. 

ކޮމެންޓް

1
450
ޡުލޭ
4 hours ago

ކައިރޭ އަފީފެއް ނޫން އިނގޭތޯ. ކައިރޭ އަރީފް (ހަސަން އަރީފް)

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.