އޮޑިވެރިންގެ ކަންބޮޑުވުން އެޗްޑީސީން ހައްލުކޮށްފި

އެ އޮޑިވެރިންނާ މި ކޯޕަރޭޝަންގެ އިސްވެރިން މަޝްވަރާ ކުރުމަށްފަހު މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީ ފަ އެވެ.

އެޗްޑީސީގެ ވެރިން އޮޑިވެރިންނާ ބައްދަލު ކުރަނީ -- އެޗްޑީސީ

މުދާ ޖެޓީ ސަރަހައްދުގައި ކަންބޮޑުވުން ފާޅުކުރި އޮޑިވެރިންނަށް އެޗްޑީސީން ވަގުތުން ހައްލު ހޯދައިދީފި އެވެ.

ހުޅުމާލެ މުދާ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގައި ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.

މުދާ ޖެޓީ ތަރައްގީ ކުރުމުގެ މަސައްކަތަށް، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެދި އެ ކޯޕަރޭޝަނުން 09 އޭޕްރީލް 2025 ގައި ވަނީ އިއުލާންކޮށްފަ އެވެ. 

އެޗްޑީސީ އިން ބުނީ އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް ދިން މުހުލަތު ފަހަނައެޅުމުން، މިއަދު އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެ ކޯޕަރޭޝަނުން އެންގުމާއެކު، ބައެއް އޮޑިވެރިން އެ ސަރަހައްދަށް އެއްވެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. 

އެހެންކަމުން، އެ އޮޑިވެރިންނާ މަޝްވަރާ ކުރުމަށްފަހު މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ. އެޗްޑީސީން އަބަދު ވެސް މަސައްކަތް ކުރަނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ މިފަދަ އެންމެހާ ދަތިތަކަށް ހައްލު ހޯދައިދިނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.