ވާލާއި ކާޅުގެ ސަބަބުން ލިބޭ ގެއްލުންތައް ހައްލުކުރަން މަޝްވަރާކޮށްފި

މިނިސްޓްރީން މިއަދު ބުނީ މި މަޝްވަރާތަކުގައި އެތަކެތީގެ އުނދަގުލުން ދަނޑުތައް ސަލާމަތް ކުރުމަށާއި، އެތަކެތި މެނޭޖް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އީޕީއޭއާއެކު މިނިސްޓަރު މާރިޔާ މަޝްވަރާ ކުރައްވަނީ

ވާލާއި ކާޅުފަދަ ދިރޭ ތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތައް ހައްލު ކުރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއެކު އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މަޝްވަރާ ކުރައްވައިފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން، ވާލާއި ކާޅުފަދަ ޖަނަވާރުންނާއެކީ އުޅޭން ދަސްކުރަން ޖެހޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އޭއްޗިހީގެ ސަބަބުން އުނދަގޫ ވަނީ އެތަކެތި ދިރިއުޅޭ ގަސްތައް ކަނޑާތީކަމަށާއި، އެ އުނދަގުލުން ސަލާމަތް ވުމަށް އެތަކެތި މަރަން ބޭނުންނުވާ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓްރީން މިއަދު ބުނީ މި މަޝްވަރާތަކުގައި އެތަކެތީގެ އުނދަގުލުން ދަނޑުތައް ސަލާމަތް ކުރުމަށާއި، އެތަކެތި މެނޭޖް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އީޕީއޭ އިން ލަފާދީފައި ވަނީ ފުރަތަމަ ވާލާއި ކާޅުގެ އަދަދު ދެނެގަތުމަށެވެ. އެއަށްފަހު އެތަކެތި ބެލެހެއްޓޭނެ އެންމެ ރަގަޅު ގޮތްތައް ދެނެގަތުމަށެވެ.

އީޕީއޭއިން ބުނެފައި ވަނީ އެތަކެތީގެ އުނދަގޫ ބޮޑުވެ، އެހެން ގޮތެއް ނެތެއްޖެނަމަ އެތަކެތި ކޮންޓްރޯލް ކުރުމަށް މެރުމަށް ވިސްނިދާނެ ކަމަށެވެ. ނަމަވެސް އެއީ އެންމެ ފަހުގެ އޮޕްޝަން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ކާޅާއި ވާލުގެ ސަބަބުން ގޭގޭގެ ގަސްތުގައި އަޅާ މޭވާ ބޭނުން ކުރެވޭ ވަރު ނުވާތީ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ދަނޑުތަކުގައި ހުންނަ ތަކެތި ކެއުމުގެ ސަބަބުން މީހުން ކާނެ އެއްޗެއް ނުލިބެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.