ކުރިއަށް އޮތް ތިން ދުވަހު އެކި ހިސާބުތަކަށް މޫސުން ގޯސް

"އަދި މި ވިއްސާރައިގައި ހާއްސަކޮށް މެދުރާއްޖެތެރެއަށާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ،" މެޓުން ބުންޏެވެ.

ބޯ ވާރޭގެ ތެރޭގައި މީހަކު ސައިކަލްގެ ލައިޓް ދިއްލައިގެން ދަތުރު ކުރަން މަސައްކަތް ކުރަނީ: ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ތިން ދުވަސް ކަމަށްވާ މިމަހުގެ 18، 19 އަދި 20 ވަނަ ދުވަހާ ހަމައަށް އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަދި މި ވިއްސާރައިގައި ހާއްސަކޮށް މެދުރާއްޖެތެރެއަށާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ،" މެޓުން ބުންޏެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއަދު ރާއްޖޭގެ ދެކުނަށް ވަނީ ވިއްސާރަކޮށްފަ އެވެ. އެގޮތުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހިސާބަށް ވައިޓް އެލާޓް ވެސް ނެރެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.