ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމުގެ ޔަގީންކަން ބޭރުގެ ފަރާތްތަކަށް ދެއްވައިފި

"އިދިކޮޅުގެ ޒިންމާދާރު ފަރާތްތަކުން ބައިނަލްއަގުވާމީ ފަރާތްތަކަށް ތެދު ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް އުންމީދު ކުރަން،" މިނިސްޓަރުގެ ޕޯސްޓުގައިވެ އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް --

ރާއްޖޭގެ ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމުގެ ޔަގީންކަން ބައިނަލްއަގްވާމީ ފަރާތްތަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދެއްވައިފި އެވެ.

ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުއްވާނެ ކަމަށެވެ. 

ހަލީލް މިފަދައިން ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރައްވާފައިވާ މައްސަލައާ ގުޅިގެންނެވެ. އެކަން އެގޮތަށް ކުރީ ރައީސް މުއިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކަމަށް ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

ދެ ފަނޑިޔާރުން ވަކިކުރުމުގެ ކުރިން، އެކަމާ ދެކޮޅަށް ކޮމަންވެލްތުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. ބޭރު ދުނިޔޭގެ ފަރާތްތަކަށް އެގޮތަށް ވިސްނިފައި ވަނީ އިދިކޮޅު ފަރާތްތަކުން ދެމުންދާ ދޮގު މައުލޫމާތުތަކުގެ މައްޗަށް ކަމަށް ދޭހަވާ ގޮތަކަށް އެ ޕޯސްޓުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"އިދިކޮޅުގެ ޒިންމާދާރު ފަރާތްތަކުން ބައިނަލްއަގުވާމީ ފަރާތްތަކަށް ތެދު ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް އުންމީދު ކުރަން،" މިނިސްޓަރުގެ ޕޯސްޓުގައިވެ އެވެ.

މިނިސްޓަރު ހަލީލް ވިދާޅުވެފައި ވަނީ ދެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ތަހުގީގެއްގެ މައްޗަށް ކަމަށާއި އެ ބޭފުޅުން ވަކިކުރީ މަޖިލީހުން ކަމަށެވެ.

ކޮމަންވެލްތާއި އެ ޖަމިއްޔާގެ އިސްވެރިން ޓެގު ކުރައްވައި މިނިސްޓަރު ކުރެއްވި އެ ޕޯސްޓުގައި، ވެރިކަން ހިންގުމާއި ޝަރުއީ ދާއިރާ ވަކިކޮށް، މިނިވަންކޮށް އޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.