ތޮއްޑޫ ދިއްލަން ތަފާތު ވިސްނުމެއް | ރީތި ދިއްލުން ހޮވައި ފައިސާ އިނާމު

ކައުންސިލުން ވަނީ އީދުގެ 10 ދުވަހާ ދިމާކޮށް ރަށުގެ ގޯތިތައް ކުނި ކަހަލަ ރަށް އެއްކޮށް ދިއްލާލަން ރައްޔިތުންގެ ބައިވެރިވުމާއެކު މަސައްކަތް ފަށަން ނިންމާފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އއ. ތޮއްޑޫ

ކުރިއަށް އޮތް ބޮޑު އީދުގައި އއ. ތޮއްޑޫ ދިއްލުމުގައި އެންމެ ރީތިކޮށް ޑިޒައިންކޮށް ދިއްލާ ގޭގެއަށް ކައުންސިލުން ފައިސާގެ އިނާމެއް ދޭން ނިންމައިފި އެވެ. 

ތޮއްޑޫ ކައުންސިލުން ބުނީ ޒުލްހިއްޖާ މަހުގެ 10 ދުވަހަކީ އެންމެ މާތް 10 ދުވަސް ކަމަށް ވުމާއެކު މި ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ރަށުގެ ގޯތިތަކާއި މަގުތައް ކުނި ކަހައި ސާފު ކުރަން ކުލަބޮކިތައް ދިއްލާލަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. މި މަސައްކަތުގައި ބައިވެރިވެ ގޯއްޗާއި މަގު ދިއްލާ ފަރާތްތައް ހޮވައި ފައިސާގެ އިނާމެއް ދޭން ނިންމާފައިވާ ކަމަށެވެ. 

އެންމެ ރީތިކޮށް ދިއްލާ ފަރާތްތަކަށް ދޭ އިނާމު

  •  އެއްވަނަ އިނާމު 6،000ރ.
  •  ދެވަނަ އިނާމު 4،000ރ.
  •  ތިންވަނަ އިނާމު 2،000ރ.

އީދު ކުލަގަދަކޮށް ފާހަގަ ކުރަން ޖެހޭ

ތޮއްޑޫ ކައުންސިލްގެ ރައިސް އަހުމަދު ކަރަމް ވިދާޅުވީ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުން މިއަދު އިހުނަށްވުރެ ބޮޑަށް ކުރަން ޖެހޭ މަޖުބޫރުވެފައިވާ ކަމަށާ މީގެ ސަބަބަކީ ޓެކްނޮލޮޖީއާއި ދަތުރު ފަތުރުގެ ލުއި ފަސޭހަކަމާއިއެކު ވަގުތުން ވަގުތައް ދުނިޔޭގައި ހިނގާކަންތައްތަކުގެ މަންޒަރު ފެންނަމުން ދިއުމެވެ. 

މީގެ އިތުރުން ކަރަމް ވިދާޅުވީ ލޯކަލް ޓޫރިޒަމް ރަށްފުށުގައި ފުޅާވަމުންދާ މިދުވަސްވަރު އައު އަހަރު ފާހަގަ ކުރުމުގެ ނަމުގައި އެހެން ދީނެއްގެ އީދު އެ ދުވަސްތަކުގެ ތެރެއަށް އެކުވެގެން ވަރަށް ކުލަގަދަކޮށް ގިނަ ދިއްލުންތަކާއި ކުޅިވަރުތަކާއި އަދި ވަކިން ހާއްސަކޮށް ކްރިސްމަސް އާއި ގުޅުވައިގެން އިންތިޒާމްތަކާއި ހަދިޔާ ބަދަލުކުރުމުގައި ޝާމިމްވާކަން އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ދަރިންނަށް ނަސޭހަތްތެރިވާ ހިނދު އެފަދަ ނުވަތަ އެއައްވުރެ އަދި މާކުލަ ގަދަކޮށް ފާހަގަކުރެވޭ އަޅުގަނޑުމެންގެ އީދު އެ ދަރިންނަށް ދެއްކުމަށްޓަކައި ކޮންމެ އަހަރެއްގެ ވެސް ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަށް މުޅިރަށާއި ގޯތި ގެދޮރު ޒީނަތްތެރިކޮށް ދިއްލާ އަދި އީދު ހަދިޔާ ބަދަލު ކުރުމަކީ ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ހެދުމަށް،" ކަރަމް ވިދާޅުވި އެވެ. 

ކަރަމް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މިއީ ސަރުކާރާއި އަދި ކައުންސިލް އިންކުރާ މަސައްކަތްތަކަށްވުރެ އާއްމު ރައްޔިތުން ޝާމިލްވާ މިންވަރެއްގެ މައްޗަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.