އޮޅުހިޔާގައި މި ވަގުތު 30 ބުޅާ | ހިންގަން އެއް މިލިއަން ބޭނުންވޭ

އޭނާ ވިދާޅުވީ ގިނަ ބުޅާ އެއް ފަހަރާ ރަނގަޅަށް ބެލެހެއްޓޭނޭ ވަސީލަތްތައް ގާއިމް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މާލޭގައި އުޅޭ ބުޅާތައް ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައި --

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ "އޮޅު ހިޔާ" ކެޓް ޝެލްޓާގައި މި ވަގުތު 30 ބުޅާ ބަލަހައްޓަމުން ގެންދާ ކަމަށާއި، އެ ފެސިލިޓީ ފުރިހަމައަށް ހިންގަން އެއް މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ. 

އެ ޝެލްޓާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، މާރިޔާ ވިދާޅުވީ، އިދާރީ ހިންގުން ނުހިމަނައި ވެސް، އެތަނަށް މަދުވެގެން 1.2 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. 

"ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދަންނަވައިލަން. އަދި ފެސިލިޓީގައި 2،000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ،" މާރިޔާ ތަފްސީލުކޮށްދެއްވި އެވެ. 

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މާރިޔާ --

"ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ދަށުން އޮޅުހިޔާ ނަަގައި މިނިސްޓްރީގެ ދަށަށް ބަދަލުކުރި އިރު އެތަނުގެ ހާލަތު ވަރަށް ދަށް ކަމަށެވެ. ކައުންސިލްގެ ބެލުމުގެ ދަށުން ނެގީ އެތަން ހަދައި، ހިދުމަތް ދޭން ފަށަން ދިން ތާރީހަށް ނުފެށުމުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ ބުޅާ އެއް ފަހަރާ ރަނގަޅަށް ބެލެހެއްޓޭނޭ ވަސީލަތްތައް ގާއިމް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނޯޓް - މި ހަބަރުގައި، އޮޅުހިޔާގެ ނަން ރިކަރަންޓު ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ކުރިން ލިޔެފައި ވަނީ މިނިސްޓަރު މާރިޔާ އެގޮތަށް ދެންނެވުމުންނެވެ. ނަމަވެސް އެއީ މައުލޫމާތުގެ ކުށެއް ކަމަށާއި، ރަގަޅު ގޮތަކީ 1.2 މިލިއަން ރުފިޔާ ކަމަށް ވިދާޅުވެ އެކަމަނާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. އެހެންކަމުން އެ ކުށް މިހާރު ވާނީ މި ހަބަރުން އިސްލާހު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.