އެގްރިކަލްޗާ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން

މި ސަރުކާރުގައި ޖުމްލަ ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ވަކިވަކި މިނިސްޓްރީތަކުގައި އެދުމުން، މިނިސްޓްރީތަކުން ދަނީ އަދަދު ހާމަކުރަމުންނެވެ.

އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މިއަދު ރައްޔިތުންގެ މަޖިލީހުގައި --

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން ތިބި ކަމަށް މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު މިނިސްޓަރު މިއަދު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މި ސަރުކާރުގައި ޖުމްލަ ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ވަކިވަކި މިނިސްޓްރީތަކުގައި އެދުމުން، މިނިސްޓްރީތަކުން ދަނީ އަދަދު ހާމަކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކީ ސަރުކާރުގެ ހުރިހާ މުވައްސަސާއެއްގައި ތިއްބަވާ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރެއްވުމެވެ. ނަމަވެސް ވަކިވަކި މިނިސްޓްރީތަކުން ލިބިފައިވާ ނަންބަރުތަކަށް ބަލާއިރު މިހާރު ވެސް އެ އަދަދު 1000 އަށްވުރެ ގިނަ އެވެ.

މިމަހުގެ ތިންވަނަ ދުވަހު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަކުރާރުކޮށް އެހުމުން ވެސް އެ މައުލޫމާތު ހިއްސާކުރައްވާފައެއް ނުވެ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ޖުމްލަ އަދަދު ހޯއްދެވުމަށްފަހު ފިނޭންސްއަށާއި ރައީސް އޮފީހުގެ މީޑިއާ ޓީމަށް އެކަން ހާމަކުރަން އަންގަވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.