އެމްއެމްޕީއާރުސީން ދިވެހިންނަށް ސިޔާސަތުގެ ދަށުން އިންޑިއާ ރޯޑްޝޯއެއް އެންޑޯޒްކޮށްފި

މި ރޯޑްޝޯ ކުރިއަށް ދަނީ މިމަހުގެ 16-12 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ މުހިންމު ހަތަރު ސިޓީއެއްގަ އެވެ.

ރަށެއްގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރަނީ -- މިރާ

ޓާޓާބައި މޯލްޑިވްސް ރޯޑްޝޯގެ ނަމުގައި އިންޑިއާގައި ބާއްވާ ރާއްޖޭގެ ރޯޑްޝޯއެއް ވިޒިޓް މޯލްޑިވްސް އިން ރަސްމީކޮށް އެންޑޯޒްކޮށްފި އެވެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީ އިން ބުނީ ރާއްޖޭގެ މަޝްހޫރު ޑެސްޓިނޭޝަން މެނޭޖްމަންޓް ކޮމްޕެނީ (ޑީއެމްސީ) އެއް ކަމަށްވާ ޓާޓާބައި މޯލްޑިވްސްއިން އިންތިޒާމްކޮށްގެން އިންޑިއާގެ ހަތަރު ސިޓީއެއްގައި ބާއްވާ ރޯޑްޝޯ ރަސްމީކޮށް އެންޑޯޒްކޮށްފައިވާ ކަމަށެވެ.

ހަމައެކަނި ދައުވަތު ލިބޭ އެޖެންޓުންނަށް ބާއްވާ މި ހާއްސަ ހަރަކާތަކީ ޑީއެމްސީއަކުން އިންޑިއާގެ މާކެޓުގައި ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އެއް ރޯޑްޝޯއެވެ. މި ހަރަކާތުގައި ރާއްޖޭގެ މަޝްހޫރު 22 ޕްރޮޕަޓީއެއް ދަނީ ދައްކާލަމުންނެވެ.

މި ރޯޑްޝޯ ކުރިއަށް ދަނީ މިމަހުގެ 16-12 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ މުހިންމު ހަތަރު ސިޓީއެއްގަ އެވެ. މިގޮތުން މެއި މަހުގެ 12 ވަނަ ދުވަހު ކޮޗިންގައި އަދި 13 ވަނަ ދުވަހު ކޮއިމްބަތޫރު ގައި ރޯޑްޝޯ ބާއްވާފައިވާއިރު 15 ވަނަ ދުވަހު ހައިދަރުއާބާދު އަދި 16 ވަނަ ދުވަހު ބެންގަލޫރުގައި ރޯޑްޝޯ ކުރިއަށްދާނެ އެވެ. ކޮންމެ ރޯޑްޝޯއަކަށް 100 އަށް ވުރެ ގިނަ އެޖެންޓުންނަށް ދައުވަތުދީ ރާއްޖޭގެ މަޝްހޫރު 22 ޕްރޮޕަޓީގެ މަންދޫބުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.

މި ރޯޑްޝޯގެ މައިގަނޑު އަމާޒަކީ ލަގްޒަރީ ރޮމޭންސް އަދި އެކްސްޕީރިއެންޝަނަލް ފަތުރުވެރިކަމުގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރުމެވެ. މި ހަރަކާތަކީ ވިޔަފާރީގެ ގުޅުން ތައް ބަދަހިކޮށް، އިންޑިއާއިން ރާއްޖެއަށް އައުޓްބައުންޑް ދަތުރުކުރުމަށް މަގުފަހިކޮށްދިނުމުގެ ސްޓްރެޓެޖިކް ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތްކުރާ ހަރަކާތެކެވެ.

މި ހަރަކާތާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ އިންޑިއާގެ ބޮޑެތި ސިޓީތަކުގެ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ޓާޓާބައި މޯލްޑިވްސްއިން ކުރިއަށް ގެންދާ މި މަސައްކަތަށް ތާއީދު ކުރައްވާ ކަމަށެވެ.

"މި ރޯޑްޝޯގެ ސަބަބުން ލަގްޒަރީ، ވެޑިންގް، ލީޒަރ އަދި ވިޔަފާރީގެ ދަތުރުތަކަށް ޝައުގުވެރިވާ އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެ އަކީ އެންމެ ކަމުދާ އަދި އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި މާކެޓް ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ،" ޝިއުރީ ވިދާޅުވި އެވެ.

ރާއްޖޭގެ ރިސޯޓްތަކަށް ދެކުނު އިންޑިއާގައި އެންމެ ބޮޑު ހޯލްސޭލް އޮޕަރޭޓަރެއްގެ ގޮތުގައި ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި ޓާޓާބީ މޯލްޑިވްސް އިން ވަނީ ވަރުގަދަ ޝަރަފުވެރި ނަމެއް ގާއިމުކޮށްފައެވެ. ރާއްޖޭގެ 150 އަށް ވުރެ ގިނަ ޕްރޮޕަޓީއާއެކު ސީދާ ކޮންޓްރެކްޓްތަކާއި އިންޑިއާ އާއި މެދުއިރުމަތީގެ މާކެޓުތަކުގައި ވެސް އެ ކުންފުންޏަކީ މި ސަރަހައްދުގެ ދަތުރުފަތުރުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.

ވިޒިޓް މޯލްޑިވްސްގެ އެންޑޯޒްމަންޓާ ގުޅިގެން ޓާޓާބައި މޯލްޑިވްސްގެ ފައުންޑާ އަދި ޑައިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން ރޯޝަން ޖެއިން ވިދާޅުވީ ޓާޓާބައި ޓުއާސް، ނުވަތަ ޓާޓާބައި މޯލްޑިވްސްއަށް ދިވެހިރާއްޖޭގެ ޓޫރިޒަމް ބޯޑުގެ ރަސްމީ އެންޑޯޒްމަންޓް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ

"މިއީ ރާއްޖެއަކީ އެންމެ ޓޮޕް ދަތުރުފަތުރުގެ މަންޒިލެއްގެ ގޮތުގައި ދައްކައި، ފާހަގަކޮށްލެވޭ ހިދުމަތެއް ފޯރުކޮށްދިނުމަށް ޓާޓާބައި އިން ކުރަމުންދާ މަސައްކަތް ބަލައިގަންނަކަން ރަމްޒުކޮށްދޭ ކަމެއް." ރޯޝަން ޖެއިން ވިދާޅުވި އެވެ.

މިމަހުގެ ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއަކީ ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. މިއީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 5.3 އިންސައްތަ އެވެ. ވިޒިޓް މޯލްޑިވްސްއިން 2025 ވަނަ އަހަރު އިންޑިއާގެ މާކެޓަށް އަމާޒުކޮށްގެން ތަފާތު މުހިންމު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ޓީމް މުމްބާއީ އިންޑިއަންސްއާއެކު އިއުލާނުކުރި 'އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރް' ކޮލަބޮރޭޝަން ފާހަނގަކޮށްލެވެއެވެ.
މި އެންޑޯޒްމަންޓާއި މިފަދަ އެހެނިހެން އެންޑޯސްމަންޓްތަކަކީ ވިޒިޓް މޯލްޑިވްސްގެ ދުރުރާސްތާ ސްޓްރެޓެޖީގެ ދަށުން ރާއްޖޭގެ ވިޒިބިލިޓީ އިތުރުކުރުމަށާއި، އިންޑިއާގެ ފަތުރުވެރިންނަށް މަންޒިލްގެ ދުނިޔޭގެ ފެންވަރުގެ ހުށަހެޅުންތައް ދެނެގަތުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.