"އެ މީހާގެ ކަނައަތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ، ބޮޑެތި އަނިޔާތަކެއް ވަނީ ވެފައި،" ފުލުހުން ބުންޏެވެ.
ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރިއަށް ފީނަން ފައިބައި އުޅުނު ބިދޭސީއެއްގެ ގައިމަތިން ގޮސް، އޭނާގެ އަތް ބުރިވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ 10:30 ގައި ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާ ވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ.
"އެ މީހާގެ ކަނައަތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ، ބޮޑެތި އަނިޔާތަކެއް ވަނީ ވެފައި،" ފުލުހުން ބުންޏެވެ.
އެ މީހާ މިހާރު މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެ ހާދިސާ ފުލުހުން ތަހުގީގުކުރަމުންދާއިރު، އެ ހާދިސާ އާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.