60 ޕަސެންޓް ދަރިވަރުން ސްޓޫޑެންޓް ލޯނު ނުދައްކާ: މިނިސްޓަރު

"އެހެންވީމަ އެކަމާ ބެހޭ ގޮތުން ވެސް އެއީ ދައުލަތަށް ލިބެންވާ ފައިސާ، ދައުލަތަށް ލިބެންވާ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކަށް މަޝްވަރާކޮށް އަޅުގަނޑުމެން އެއަށް ގޮތެއް ނިންމާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު --

ސްޓޫޑެންޓް ލޯނަށް ދޫކުރާ ފައިސާ އަނބުރާ ހޯދަން ދަތިތަކެއް އެބަހުރި ކަމަށާއި 60 ޕަސެންޓް ދަރިވަރުން ފައިސާ ނުދައްކާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ސްޓޫޑެންޓް ލޯނާ ގުޅިގެން ސުވާލުކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސްޓޫޑެންޓް ލޯނު ދައްކަނީ 40 ޕަސެންޓް ދަރިވަރުން ކަމަށެވެ. އެ ފައިސާ ދައުލަތަށް އަނބުރާ ހޯދޭނެ ގޮތަކާ މެދު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ އެކަމާ ބެހޭ ގޮތުން ވެސް އެއީ ދައުލަތަށް ލިބެންވާ ފައިސާ، ދައުލަތަށް ލިބެންވާ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކަށް މަޝްވަރާކޮށް އަޅުގަނޑުމެން އެއަށް ގޮތެއް ނިންމާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ސްޓޫޑަންޓު ލޯނުގެ ގޮތުގައި 157 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

މިނިސްޓްރީން ވަނީ ލޯނުގެ 500 ފުރުސަތަށް މިދިޔަ މާޗް މަހު ހުޅުވާލާފަ އެވެ. އެފުރުސަތުގައި 1،300 އަށްވުރެ ގިނަ ދަރިވަރުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ވަނީ ލޯނު ދޫކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރަށް އަދި އެފަދަ ގޮތަކަށް ނުނިންމާ ކަމަށާއި ނަމަވެސް ޝަރުތު ހަމަވާ އެއްވެސް ދަރިވަރަކު ލޯނުން މަހުރޫމް ކުރަން ބޭނުން ނުވާ ކަމަށެވެ.

ސަރުކާރުން މިހާރު ވަނީ މި ލޯނަކީ ޝަރީއާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމަނާފައިވާ އެއް ޕަސެންޓްގެ އިދާރީ ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރަން ނިންމާފަ އެވެ. އަދި ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރަން ވެސް ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.