ސަރަހައްދީ ޝަރަފުވެރި އެވޯޑް ސަޓާ | ދެކުނު އިންޑިއާގެ ނޮމިނޭޝަން ކުރިއަށް

ސާޓާ ދެކުނު އިންޑިއާގެ ނޮމިނޭޝަން މި މަހުގެ 11 އިން މެއި 15 އަށް ކުރިއަށްދާނެ އެވެ. ބެންގަލޫރު އިވެލުއޭޝަންތަކަށް ފަހު ނިއުދިއްލީގައި އުތުރު އިންޑިއާގެ ނޮމިނޭޓް ފަރާތްތަކުގެ އެސެސްމަންޓްތައް ކުރިއަށް ގެންދާނެ އެވެ.

ސައުދު އޭޝިއަން ޓްރެވަލް އެވޯޑުގެ ނޮމިނޭޝަން ކުރިއަށް ގެންދަނީ -- ސާޓާ

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ޓޫރިޒަމްގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) އަށް ކުރިމަތިލި ދެކުނު އިންޑިއާގެ ހޮޓާތަކުގެ ނޮމިނޭޝަން ފަށައިފި އެވެ.

އިންޑިއާގެ ބެމްގަލޫރުގައި ކުރިއަށް ގެންދާ ސާޓާ ދެކުނު އިންޑިއާގެ ނޮމިނޭޝަން މި މަހުގެ 11 އިން މެއި 15 އަށް ކުރިއަށްދާނެ އެވެ. ބެންގަލޫރު އިވެލުއޭޝަންތަކަށް ފަހު ނިއުދިއްލީގައި އުތުރު އިންޑިއާގެ ނޮމިނޭޓް ފަރާތްތަކުގެ އެސެސްމަންޓްތައް ކުރިއަށް ގެންދާނެ އެވެ.

މި އަހަރުގެ ސާޓާ އެވޯޑަށް އިންސާފު ކުރާ ޖޫރީ އެކުލަވާލާފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ޝަރަފުވެރި ޕެނަލަކުން ނޮމިނޭޓް ކުރެވިފައިވާ ޕްރޮޕަޓީތަކާއި ހިދުމަތްތަކުގެ އޮންސައިޓް އިވެލުއޭޝަންތައް ކުރިއަށް ގެންދާނެ އެވެ.

ސާޓާ - މި އެވޯޑްއަކީ ދެކުނު އޭޝިއާގެ ހޮސްޕިޓަލިޓީ ދާއިރާގައި ލިބޭ އެންމެ ޝަރަފުވެރި އެ އެވޯޑެވެ. މި އެވޯޑު ބާއްވަމުން އަންނަތާ ނުވަ އަހަރު ވަނީ ވެފަ އެވެ. މި އެވޯޑަށް މަލްޓިނޭޝަނަލް ޓޫރިޒަމްގެ ބައެއް ޖަމިއްޔާތަކުން އެންޑޯސްކޮށްފައިވެ އެވެ.

މި އަހަރު ސާޓާ އެވޯޑުގެ ގްރޭންޑް ފިނާލޭ ނުވަތަ ވަނަތައް ދިނުމުގެ ރަސްމިއްޔާތު ބާއްވަން ތައްޔާރު ވަމުން ދަނީ ސެޕްޓެމްބަރު މަހު އެވެ. މީގެ ކުރިން މި އެވޯޑް ބެންގަލޫރާއި މުމްބާއީ އަދި ނޭޕާލުގެ ކަތުމަންޑޫ އާއި މައުންޓް ލަވިނިއާ އަދި އައްދޫ ސިޓީ، މާލޭގައި ވެސް ބާއްވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.