އޯޓިސްޓިކް ކުއްޖަކަށް ކްލިނިކެއްގައި އަނިޔާ ކުރި ދެ މީހުން ހައްޔަރުކޮށްފި

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ އިދާރާ -- ދަ މިރާ

ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" ގައި އޯޓިސްޓިކް ކުއްޖަކަށް އަނިޔާ ކުރި ދެ މުވައްޒަފުން ހައްޔަރު ކޮށްފި އެވެ.

މިމަހުގެ ފަސް ވަނަ ދުވަހު އެ ކްލިނިކަށް ތެރަޕީ ނަގަން ދިޔަ އޯޓިސްޓިކް ކުއްޖަކަށް ކަތުރަކުން އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ އާންމުވެފަ އެވެ.

އެ ވީޑިއޯ އާންމުވުމާއެކު އެ މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ. ފުލުހުން މިއަދު ބުނީ އެ ކްލިނިކްގައި ކުއްޖާއަށް ޖިސްމާނީ އަނިޔާ ވެދާނެ ގޮތަކަށް އަމަލުކޮށްފައިވާ އެ މައްސަލައިގައި ރޭ ކޯޓް އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ފިޒިއޯ ކްލިނިކްގައި މަސައްކަތް ކުރި ދެ އިންޑިއާ މީހުން ކަމަށްވާ އުމުރުން 24 އަހަރުގެ ރާޖެސްވަރީ ސިވަކުމާރު އަދި އީޝާ އެންޓޮނެޓް އެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފެންމަތިވުމުން އެ ކްލިނިކުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައްސަލަ ސަމާލުކަމަށް އައުމާއެކު ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން ކްލިނިކް ބަންދުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.