މުލި އެއާޕޯޓަށް ޕްރޮމޯޝަން އަގުގައި ޓިކެޓު 999 ރުފިޔާއަށް

ފުރަތަމަ ގައުމީ އެއާލައިންއިން މުލީ އެއާޕޯޓަށް ޓިކެޓު ވިއްކީ 1300ރ. އަށްވުރެ ބޮޑު އަގެއްގަ އެވެ.

މުލީ އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް -- ރީޖަނަލް އެއާޕޯޓްސް

މުލީ އެއާޕޯޓަށް ރަސްމީކޮށް މިމަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަން އިން ދަތުރު ފަށާއިރު ޕްރޮމޯޝަން އަގެއްގެ ގޮތުގައި ކޮޅަކަށް 999 ރުފިޔާ އަށް ޓިކެޓު ވިއްކަން ފަށައިފި އެވެ. 

މޯލްޑިވިއަން އިން މުލީ އެއާޕޯޓަށް ދަތުރު ފެށުމުގެ ގޮތުން ފުރަތަމަ ޓިކެޓު ވިއްކީ ކޮޅަކަށް 1377 ރުފިޔާ އެވެ. މި އަގުގައި ޓިކެޓު ވިއްކަން ފެށުމުން ގިނަ ބަޔަކު ވަނީ އަގުބޮޑު ވެގެން ޝަކުވާކޮށްފަ އެވެ. އާއްމުންގެ ގިނަ ބަޔަކު ޝަކުވާ ކުރި އެއް ސަބަބަކީ މާލެއާ ދުރުގައި ހުރި ތަންތަނަށްވުރެ މުލީ އެއާޕޯޓަށް ވިއްކާ ޓިކެޓުގެ އަގު ބޮޑުވުމެވެ. 

ރީޖަނަލް އެއާޕޯޓަށް މުލީ އެއާޕޯޓަށް ފްލައިޓް ޖައްސާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. 

ސަރުކާރު ކުންފުނި އެމްޓީސީސީ އިން ތަރައްގީ ކުރި މުލީ އެއާޕޯޓަށް މިއަދު ފުރަތަމަ ޓެސްޓް ފްލައިޓުގެ ގޮތުގައި ޖެއްސީ މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓެކެވެ. މުލީ އެއާޕޯޓްއަކީ މިދިޔަ ސަރުކާރުން 2022 ވަނަ އަހަރު ފެށި މަސައްކަތެކެވެ. މުލީ އެއާޕޯޓުގެ ރަންވޭއަކީ 1،200 މީޓަރު ފުޅާ 30 މީޓަރު ދިގު ރަންވޭ އެކެވެ. މި މަޝްރޫއަށް ސަރުކާރުން ޖުމްލަ 300 މިލިއަން ރުފިޔާ ހޭދުކުރި އެވެ، 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.