އެހެންކަމުން މިހާރު އޮންނަ 250 ޑޮލަރުގެ ކާޑު ލިމިޓާ ލައިގެން ޖުމްލަ 2000 ޑޮލަރުގެ ލިމިޓެއް ލިބިގެންދާނެ އެވެ.
މި އަހަރު ރާއްޖޭން ހައްޖަށްދާ ހައްޖާޖީނަށް މިހާރު އޮންނަ ކާޑު ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދޭން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެން) ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ހައްޖާޖީންނަށް ޑޮލަރު ލިމިޓު ބޮޑުކޮށްދެއްވަން ނިންމިކަން އިއުލާނު ކުރެއްވުމުގެ ގޮތުން އެކްސްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި އަހަރު ރާއްޖޭން ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖު ވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އެހެންކަމުން މިހާރު އޮންނަ 250 ޑޮލަރުގެ ކާޑު ލިމިޓާ ލައިގެން ޖުމްލަ 2000 ޑޮލަރުގެ ލިމިޓެއް ލިބިގެންދާނެ އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބީއެމްއެލްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރާއްޖޭން ބޭރަށް ފުރާ ފަރާތްތަކަށް ވީއައިއޭ އިން ވިއްކަނީ 500 ޑޮލަރެވެ. އަދި އަދި ކާޑުގެ ލިމިޓަކީ މަހަކު 250 ޑޮލަރެވެ.
ރާއްޖޭން އެންމެ ފަހުން އުމްރާއަށް ދިޔަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ ޑޮލަރު ލިމިޓް ބޮޑުކޮށްފަ އެެވެ. މި ލިމިޓުގެ ބޭނުން ގިނަ ބަޔަކު ހިފާފައިވެ އެވެ.