ޑެޕިޔުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް، ޑެޕިޔުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަނުކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުންދީފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުންގެ އިއްތިފާގުންނެވެ.

އަސްނާ

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުސްވެފައިވާ ޑެޕިޔުޓީ ގަވަރުނަރުގެ މަގާމަށް، އައިޝަތު އަސްނާ ހަމްދީ އައްޔަނުކުރަން، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

އަސްނާ ހަމްދީ އައްޔަނުކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އަސްނާ އާ އިންޓަވިއުކުރުމަށްފަހު، އޭނާ އަކީ ގާނޫނުގައި ބަޔާންކުރާ ގޮތަށް ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ނިންމައިފަ އެވެ.

މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް، ޑެޕިޔުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަނުކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުންދީފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްއެމްއޭގެ އެކި އިސް މަގާމުތަކުގައި 15 އަހަރެއްހާ ދުވަހު ހިދުމަތް ކުރައްވާފައިވާ އަސްނާ މިހާރު ހުންނެވީ، ދާދި ފަހުން އުފެއްދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.

އެ މަގާމުގައި ހުންވައިގެން އަސްނާ ގެންދަވަނީ ފައިނޭންޝަލް އަދި ކޮންސިޔުމާ ސެކްޝަން ހެޑް ކުރައްވަމުންނެވެ.

މިދިޔަ މާޗް މަހު އިމާދު އިސްތިއުފާ ދެއްވީ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރައްވައި ހުންނެވިއިރު، އެ ކަންކަން ފާހަގަކުރުމަށްޓަކައި އިމާދު މަސައްކަތް ކުރެއްވިކަން އެނގެން ނެތް ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ވައްދާފައިވަނިކޮށެވެ.

އިމާދު ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރު އެވެ.

އޭގެކުރިން އޭނާ ވަނީ، އެމްއެމްއޭގެ އެކި އިސް މަގާމުތަކުގައި 25 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.