އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލް އަނެއްކާވެސް ފަސްކޮށްދީފި

އޭރު އިތުރުކޮށްދިން މުއްދަތު މި މަހަށް ހަމާވާއިރު، އެ ޓީބިލު ދެއްކުން އިތުރު އަހަރަކަށް ފަސްކޮށްދީފައިވާ ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވައިފަ އެވެ.

ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު އަދި އިންޑިޔާގެ އެކްސްޓާަނަލް މިނިސްޓަރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު

ކުރީގެ އެމްޑީޕީ ވެރިކަމުގައި ބަޖެޓު ސަޕޯޓަށް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ވިއްކާފައިވާ ޓީބިލުތަކުގެ ތެރެއިން، މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލު ދެއްކުން އިންޑިއާއިން އަނެއްކާވެސް ފަސްކޮށްދީފި އެވެ.

އެމްޑީޕީ ވެރިކަމުގައި ބަޖެޓު ސަޕޯޓުގައި އެސްބީއައި އިން ނެގީ ޖުމްލަ 200 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 50 މިލިއަން ހިލޭ އެހީގެ ގޮތުގައި ކަނޑައެޅުމަށްފަހު، ބާކީ 150 މިލިއަން ޑޮލަރު ނަގާފައިވަނީ ތިން ޓީބިލަކަށް ބަހާލައިގެންނެވެ. 

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، އޭގެތެރެއިން 50 މިލިއަން ޑޮލަރުގެ ޓީބިލް ވަނީ މިދިޔަ ޖެނުއަރީ މަހު އަނބުރާ ދައްކައިފަ އެވެ. ނަމަވެސް، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ތެރެއިން މިދިޔަ އަހަރުގެ މެއި މަހު ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު އިންޑިއާއިން ވަނީ އިތުރު އަހަރަކަށް ރޯލްއޯވާ ކޮށްދީފަ އެވެ.

އޭރު އިތުރުކޮށްދިން މުއްދަތު މި މަހަށް ހަމާވާއިރު، އެ ޓީބިލު ދެއްކުން އިތުރު އަހަރަކަށް ފަސްކޮށްދީފައިވާ ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވައިފަ އެވެ.

އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ދެމުންދާ އެހީތެރިކަމަށް ހަލީލް ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއާ އެކު ގާތް ގުޅުމުގެ ތެރެއިން މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލް، އިތުރު އިންޓްރެސްޓްއަކާ ނުލައި، އިތުރު އަހަރަކަށް ރޯލްއޯވާ ކޮށްދީފައިވާ ކަމަށެވެ.

އެސްބީއައިއަށް ވިއްކާފައިވާ ޓީބިލުތަކުގެ ތެރެއިން ތިން ވަނަ ޓީބިލުގެ 50 މިލިއަން ޑޮލަރު ވެސް މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާއިން އޮތީ ފަސްކޮށްދީފަ އެވެ. އެ 50 މިލިއަން ދެން ދައްކަންޖެހޭނީ އަންނަ ސެޕްޓެމްބަރު މަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.