ކާސްޓްރޯލްގެ ސޯލް ޑިސްރިބިއުޓަރަކީ އެމްޓީސީސީ | އެކަމަކު ބަޔަކު ގެނެސް ވިއްކަނީ

ސޯލް ޑިސްރިބިއުޓަރުކަން ނަގާފައިވާ މުދަލެއް ގެނެސް ވިއްކުން މަނާވަނީ ގާނޫނު ނަމްބަރު 2020 / 12 މުދާ ލިބި ގަންނަ ފަރާތްތަކާއި ގަންން ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

އެމްޓީސީސީ އިން ސޯލް ޑިސްރިބިއުޓަރުކަން ނަގައިގެން ވިއްކާ ކާސްޓްރޯލް އަޑީތެޔޮ ބަޔަކު ގެނެސް ވިއްކަމުންދާތީ އެކަން ނުކުރަން އެ ކުންފުނިން އެދިއްޖެ އެވެ. 

އެމްޓީސީސީ އިން ނެރުނު ބަޔާނެއްގައި ބުނީ ކާސްޓްރޯލް ސިންގަޕޫރު ކުންފުންޏާއި އެ ކުންފުނިން ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި މި އަޑީތެޔޮ ވިއްކަން ސޯލް ޑިސްރިބިއުޓަރުކަން ދީފައިވާ ކަމަށާ އެހެންކަމުން ކާސްޓްރޯލް މަރުކާގެ އެއްވެސް އެއްޗެއް ވިއްކާ މާކެޓުކޮށް ހެދުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށެވެ. 

ސޯލް ޑިސްރިބިއުޓަރުކަން ނަގާފައިވާ މުދަލެއް ގެނެސް ވިއްކުން މަނާވަނީ ގާނޫނު ނަމްބަރު 2020 / 12 މުދާ ލިބި ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާ އަދި ހަގީގަތް އޮޅުވާލުމަށް ބުނާ ބުނުން ނުވަތަ އިސްތިހާރު ކުރުން އަދި 52 ވަނަ މާއްދާ ހަގީގަތް އޮޅޭ ގޮތަށް އަމަލު ކުރުން މި މާއްދާތަކުންނެވެ. 

އެ ކުންފުނިން ބުނީ ކަސްޓަމަރުންނަށް އޮޅޭ ފަދައިން އެއްވެސް ފަރާތަކުން ވިއްކުމުގެ ދޮގު މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެމްޓީސީސީ އިން ވަނީ މިކަން ނުކުރުމަށާ މިއީ ވިޔަފާރީގެ ރޫހާވެސް ހިލާފުކަމެއް ކަމަށެވެ.

"މިފަދަ އެއްވެސް ފަރާތަކުން ގެއްލުންވާނެހެން އަމަލެއް ކުރިކަން ކުންފުނީގެ ސަމާލުކަމަށް އައިސްފިނަމަ އެކަން ކުއްވެރި ކުރާ ހާލު ގާނޫނުތަކާއި ގަވައިދުތަކުގެ ތަރަހައިގެ ތެރެއިން ގާނޫނީ ގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ ފަރާތަކަށް އަޅާނެ ވާހަކަ ދަންނަވަމެވެ،" އެމްޓީސީސީ އިން ބުނެފައިވެ އެވެ. 

އެމްޓީސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިގޮތަށް ކާސްޓްރޯލް ވިއްކުމުން މި އުފެއްދުމުގެ "ފޭކް" ގެނެސް ވިއްކުމުގެ ފުރުސަތު އޮންނާނެ އެވެ. 

"މިއީ ކަސްޓަމަރުންގެ އިންޖީނުތަކަށް މިފަދަ ކައުންޓާ ފީޓް އުފެއްދުމެއް އެޅިއްޖެނަމަ ބޮޑު ގެއްލުމެއް ކުރިމަތިވާނެ. މިއީ ކަސްޓަަމަރުންވެސް ސަމާލުވާން ޖެހޭކަމެއް،" އޮފިޝަލް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.