މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ކޮމެޓީން ފާސްކޮށްފި

ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމި މައްސަލައިގެ ރިޕޯޓް ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އެ ރިޕޯޓު ރަގަޅު ކަމަށް ވަނީ ފާސްކޮށްފަ އެވެ. އެ ބައްދަލުވުން ވަކި ހިސާބަކުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި ޑރ. މަހާޒް އަލީ ޒާހިރު --

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި ޑރ. މަހާޒް އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

އަަޒްމިރަލްދާ އާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައި ވަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި، ފަނޑިޔާރު މަހާޒް އާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ. އެ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމި މައްސަލައިގެ ރިޕޯޓް ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އެ ރިޕޯޓު ރަގަޅު ކަމަށް ވަނީ ފާސްކޮށްފަ އެވެ. އެ ބައްދަލުވުން ވަކި ހިސާބަކުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

ދެ ފަނޑިޔާރުން ވެސް ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ ފުރުސަތު ކޮމެޓީން ދީފައެއް ނުވެ އެވެ.

ކޮމެޓީން ނިންމި ގޮތަށް މަޖިލީހުން ފާސްކުރުމާއެކު ދެ ފަނޑިޔާރުން މަގާމުން ވަކިކުރެވިގެންދާނެ އެވެ. މި މައްސަލައިގައި ދެ ފަނޑިޔާރުން ތިއްބެވީ ސަސްޕެންޝަންގަ އެވެ. މި ދެ ފަނޑިޔާރުންނާއެކު ހުސްނުއްސުއޫދު ވެސް ސަސްޕެންޑް ކުރި އެވެ. ނަމަވެސް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.