ކުޑަކުދިންނަށް އެންމެ ގިނައިން ލިބެނީ ޖިންސީ އަނިޔާ

ޖިންސީ އަނިޔާގެ މައްސަލަތަކުގައި 236 ކުއްޖަކަށް އަނިޔާ ލިބިގެން ރިޕޯޓްކޮށްފައިވެ އެވެ. އެއީ 178 އަންހެން ކުދިންނާއި 58 ފިރިހެން ކުދިންނެވެ.

ކުޑަކުއްޖަކު މަޑި އަރުވަނީ: ރާއްޖޭގައި ކުޑަކުދިންނަށް އެންމެ ގިނައިން ލިބެނީ ޖިންސީ އަނިޔާ -- ފޮޓޯ: މިރާ

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރޭގައި އެންމެ ގިނައީ ޖިންސީ އަނިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ވަނީ ކުޑަކުދިންނާ ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 އަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ އަނިޔާގެ މައްސަލަތަކުގައި 236 ކުއްޖަކަށް އަނިޔާ ލިބިގެން ރިޕޯޓްކޮށްފައިވެ އެވެ. އެއީ 178 އަންހެން ކުދިންނާއި 58 ފިރިހެން ކުދިންނެވެ.

އޭގެ އިތުރުން ކުޑަކުދިންނާ ގުޅޭ އިތުރު މައްސަލަތަކުގެ ތެރޭގައި؛

  •  ޖިސްމާނީ އަނިޔާ - 169 މައްސަލަ
  •  އަޅާނުލުން - 57 މައްސަލަ
  •  އަނގަބަހުން ނުވަތަ ނަފްސާނީ ގޮތުން ކުރެވޭ އަނިޔާ - 46 މައްސަލަ
  •  ގަނާކުރުން - 17 މައްސަލަ

2022 އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގައި 0.9 ޕަސެންޓާއި 3.3 ޕަސެންޓާ ދެމެދުގެކުޑަކުދިން ދިރިއުޅެނީ ބެލެނިވެރިންނާ ނުލަ އެވެ. އަދި، 22 ޕަސެންޓް ކުދިން ދިރިއުޅެނީ މަންމަ ނުވަތަ ބައްޕައާ އެކު އެވެ.

ރާއްޖޭގައި ކުޑަކުދިންގެ އާބާދީއަކީ 134،863 އެވެ. އޭގެ ތެރެއިން ދިވެހި ކުދިންނަކީ 131،154 އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.