ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ހާދިސާއާ ގުޅިގެން ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު މިހާރު ފަރުވާ ދެމުން ދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގަ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އުޅަނބޮއްޓަށް ދާއިމީ ގެއްލުމެއް ލިބިފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ހާދިސާއާ ގުޅިގެން ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު މިހާރު ފަރުވާ ދެމުން ދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގަ އެވެ.
ޔުމްނުގެ ހާލަތާ ގުޅޭ އަޕްޑޭޓެއް ދެމުން އޭނާގެ ދައްތަ އަގީލާ ނައީމް ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިއްޔެ ނޫން ކުރީ ދުވަހު އުޅަނބޮއްޓާ ގުޅޭ ސާޖަރީއެއް ހަދާފައިވާ ކަމަށާއި ނަމަވެސް ލިބިފައި ވަނީ ދާއިމީ އަނިޔާއެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް އިޖުރު ތަޖުރިބާކާރުންގެ ލަފާ އެކަމުގައި ހޯދާނެ ކަމަށް އަގީލާ ބުނެފައިވެ އެވެ.
މީގެ ކުރިން ޔުމްނުގެ އިތުރު ސާޖަރީއެއް ވެސް ވަނީ ކޮށްފަ އެވެ. ޔުމްނު މިހާރު ހޭ އަރާފައިވާ ކަމަށާއި އަދި ހާލު ރަގަޅު ވަމުން އަންނަ ކަމަށް އާއިލާއިން ކުރިން ބުނެފައިވެ އެވެ.
ހުކުރު ދުވަހުގެ ރޭ ޔުމްނުގެ އާއިލާއިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޔުމްނު ވެއްޓުނީ ނޫން ކަމަށާއި ވައްޓާލީ ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ. އެގޭތެރޭގައި ޔުމްނުއާއެކު އުޅުނު ކަމަށް ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ރައުދު މުހައްމަދު ޒިލާލްގެ އިތުރުން އިތުރު ހަތަރު މީހަކު އުޅުނު ކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް އޭނާގެ ދައްތަ އެ އިންޓަވިއުގައި ބުނެފައިވެ އެވެ.
ފެންޓެނޯއީ އަކީ ޔުމްނު އަދި ރައުދުއާ އެއްވެސް ގުޅުމެއް އޮތް ގެއެއް ނޫން ކަމަށް ފުލުހުން ބުނި ނަމަވެސް، ޔުމްނުއާ ހަވާލާދީ ޔުމްނުގެ ދައްތަ ބުނެފައި ވަނީ އެއީ ޔުމްނު ދާ ގެއެއްކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ޔުމްނުގެ އާއިލާއިން މައުލޫމާތު ހިއްސާކުރި ނަމަވެސް، ފުލުހުންނަށް އަދި ޔުމްނުގެ ބަޔާނެއް ނުގެ އެވެ.