ހަވީރު އިންތިޒަމު ކުރީ އެލައިޑް އިންޝުއަރަންސާއި ކްލަބް ކޮރަލްސް އާއި ހދ.އަތޮޅު ތައުލީމީ މަރުކަޒު އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބޭންކް އޮފް މޯލްޑިވްސް، އަދި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސް ގުޅިގެންނެވެ.
އެލައިޑް އިންޝުއަރަންސް ކުންފުނިން ކޮންމެ އަހަރަކުވެސް މާލޭގައި ބާއްވަމުންދާ އާއިލީ ހަވީރު "އެލައިޑް ފެސްޓް" އަތޮޅުތެރެއަށް ފުޅާކޮށް، އިއްޔެ ކުޅުދުއްފުށީގައި މިހަރަކާތް ކުރިޔަށްގެންގޮސްފި އެވެ.
ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން އިއްޔެ ކުޅުދުއްފުށީ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހަވީރު އިންތިޒާމްކޮށްފައިވަނީ އެލައިޑް އިންޝުއަރަންސާއި ކްލަބް ކޮރަލްސް އާއި ހދ.އަތޮޅު ތައުލީމީ މަރުކަޒު އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބޭންކް އޮފް މޯލްޑިވްސް، އަދި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސް ގުޅިގެންނެވެ.
އާއިލާތަކަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ގޭމްތަކާއި އިނާމްތަކާއިއެކު ކުރިޔަށްގެންދިޔަ މިހަވީރުގައި ގިނަ އަދަދެއްގެ އާއިލާތަކަކުން ވަނީ ބައިވެރިވެފަ އެވެ. އަތޮޅު ތެރޭގައި ބޭއްވި އެންމެ ފުރަތަމަ އެލައިޑް ފެސްޓަށް އާއިލާތަކުން ދެއްވި ތަރުހީބު ފާހަގަކޮށް އެލައިޑުން ވަނީ މިހަރަކާތް މިހާ ފުރިހަމަ ގޮތެއްގައި އިންތިޒާމް ކުރުމަށް އަތުގުޅާލި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.
އެލައިޑުން މައުލޫމާތު ދޭގޮތުގައި އެލައިޑް ފެސްޓަކީ އާއިލާތަކަށް ހާއްސަކޮށްގެންގެން ކުރިޔަށްގެންދާ އިވެންޓެއް ކަމުން، އާއިލާތަކަށް ހާއްސަ ސޭވިންގ އަދި މާލީ ރައްކާތެރިކަން ހޯދޭނެ ފެމެލީ ޕްލޭންތަކާއި ގުޅުންހުރި މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި މުޅި އަހަރަށް ދިގުދެމިގެންދާ، ކޮންމެ ފެމެލީ ޕްލޭނެއްގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50% ޑިސްކައުންޓް ލިބޭ އޮފަރ އާއި ބެހޭ މައުލޫމާތު ހިމެނެއެވެ. މީގެ އިތުރުން މިމަހުގެ ނިޔަލަށް ހަމަވާ، އަންހެނުންނަށް ހާއްސަ ޕްލޭނެއްކަމުގައިވާ "ކަމަނަ" އިގެ ފުރަތަމަ މަހުގެ ޕޭމަންޓުން 100% ޑިސްކައުންޓް ލިބޭ ޕްރޮމޯޝަންގެ މައުލޫމާތު ދީފަ އެވެ.