ޓޫރިޒަމަށް 8% ގެ ކުރިއެރުން | ޗައިނާ ޓޫރިސްޓުންގެ އަދަދު ލައްކައަކާ ގާތަށް

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިން 97,892 ޓޫރިސްޓުން އައިސްފައިވެ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއަށް މަރުހަބާ ކިޔަނީ -- މޯލްޑިވިއަން

މި އަހަރުގެ މިހާތަނަށް ޓޫރިޒަމަށް އަށް ޕަސެންޓުގެ ކުރިއެރުން ލިބިފައވާއިރު، ޗައިނާ ޓޫރިސްޓުންގެ އަދަދު ލައްކައަކާ ގާތް ހިނގައްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 866,462 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 802,582 ޓޫރިސްޓުންނާ އަޅާބަލާއިރު އަށް ޕަސެންޓުގެ އިތުރުވުމެކެވެ. 

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިން 97,892 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ޗައިނާގެ އިތުރުން ރަޝިއާއިން 92,333 މީހުން އައިސްފައިވެ އެވެ. އަދި ޔޫކޭއިން 90,161 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އިނގިރޭސިވިލާތުން 90,161 ޓޫރިސްޓުން އައިސްފައިވެ އެވެ. މީގެ އިތުރުން އިޓަލީވިލާތުން 78,260 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޖަރުމަނުންނެވެ. އެ ގައުމުން 66,750 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އިންޑިއާއިން އައި ޓޫރިސްޓުންގެ ނަމްބަރު އުޅެނީ 45,085 ގަ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6,877 ޓޫރިސްޓުން އާދެ އެވެ. 

ރާއްޖޭގެ ޓޫރިޒަމަށް މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.