ނަޒީރުއަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. ސަންލޭންޑު ޓްރެވެލްސްގެ ވެސް އެއް ޑިރެކްޓަރު ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ވެސް މެ އެވެ.
ރާއްޖޭގެ މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) ރޭ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ދަންނަވައިފި އެވެ.
އެނގިފައިވާ ގޮތުގައި ސަން ލޭންށް ނަޒީރު އަވަހާރަވީ އާލަސްކަންފުޅަށް ފަރުވާ ދެމުންދާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވީ އިނގިރޭސިވިލާތުގަ އެވެ.
ނަޒީރު އަވަހާރަވުމާ ގުޅިގެން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި ނަޒީރު އަވަހާރަވުމުގެ ހިތާމައިގައި އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
"އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް، އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ހިދުމަތްތަކެއް ގައުމަށް ކުރައްވާފައިވާ، މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވަހާރަވުމުގެ ހިތާމައިގާ މަރުހޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން،"
ނަޒީރުއަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. ސަންލޭންޑު ޓްރެވެލްސްގެ ވެސް އެއް ޑިރެކްޓަރު ކަމަށްވާ ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ވެސް މެ އެވެ.
ސަންލޭންޑު ޓްރެވެލްސްގެ ވެސް އެއް ޑިރެކްޓަރު ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ވެސް މެ އެވެ.
އައްޑޫ ހުޅުދު އަށް އުފަން ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސުނުއްސުއޫދުގެ އަނބިކަނބަލުންގެ ވެސް އެއްބަނޑުއެއްބަފާ ބޭބެ އެވެ.