ސްޓެލްކޯއިން ބުނީ އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން ޢާއްމުކޮށް ކަރަންޓުބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، އިތުރު ލުޔެއް އޭޕްރީލް މަހު ވެސް ޑިސްކައުންޓް ދީފަ އެވެ.
މި އަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓުބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓުބިލަށް ވެސް ސްޓެލްކޯއިން ވަނީ ޑިސްކައުންޓު ދީފައެވެ.
މާލެ އާއި 35 ރަށަކަށް ކަރަންޓުގެ ހިދުމަތްދޭ ކުންފުނި ސްޓެލްކޯއިން ބުނީ ރޯދަ މަހުގެ ދުވަސްތައް ނިމުމަށްފަހު، އޭޕްރީލްމަހުގެ ބިލްތަކުން ވެސް މި އަހަރު ޑިސްކައުންޓެއް ދެވިފައިވަނީ، އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން ޢާއްމުކޮށް ކަރަންޓުބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހު ވެސް ދިނުމަށެވެ.
އެ ކުންފުނިން ބުނީ އޭޕްރީލްމަހުގެ ކަރަންޓުބިލު މިކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލް އަމައުންޓު (ފައިސާގެ އަދަދު) މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މިދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ.