ތިން ދުވަހަށް ކުރިއަށްދާ މޯލްޑިވްސް 2.0 ސަމިޓުގެ މަގުސަދަކީ ޕްރައިވެޓް ސެންޓާ އާއި ސަރުކާރު ގުޅިގެން ޓިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރު ކުރިއަށް ގެންދާނެ ޕޭޕަރެއް އެކުލަވާލުމެވެ.
ރާއްޖެ ޓިޖިޓަލް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ ގޮތުން ފަށާ މޯލްޑިވްސް 2.0 މަޝްރޫއުގެ ސަމިޓް އިފުތިތާހުކޮށް ޖިޓިޓަލް ކުރުމުގެ ބޮޑު ދަތުރު ފަށައިފި އެވެ.
އަލަށް ހަދާ ހުޅުވި ބާސެލޯ ނަސަންދުރަ ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް 2.0 ސަމިޓު އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި ސަމިޓު ތިން ދުވަހަށް ކުރިއަށްދާނެ އެވެ.
ސަރުކާރާއި ޕްރައިވެޓް ސެކްޓާއިންދޭ ދޭ ހިދުމަތްތަކަށް ޒަމާނީ ޑިޖިޓަލް ބަދަލު ތަކެއް ގެންނަން ފަށާ މޯލްޑިވްސް 2.0 މަޝްރޫއު ކުރިއަށް ގެންދަނީ ރައީސް ޑރ، މުހައްމަދު މުއިއްޒު ޗެއާ ކުރައްވާ އަދި އައިޓީ އަދި އައިޓީސީ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ޑިޖިޓަލް ޓްރާންސްފޯމޭޝަން ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.
މި ކައުންސިލުން ވަނީ ރާއްޖޭގެ ހިންގުމަށް އިންގިލާބީ ބަދަލު ތަކެއް ގެންނަ ތިން އަހަރު ތެރޭގައި ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެފަ އެވެ. މި ބަދަލުތަކުގެ ތެރޭގައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި ހިދުމަތް ދޭ ވައްޓަފާޅިއަށް ގެންނަން ޖެހޭ ބަދަލުތައް ފާހަގަކޮށް ވަނީ ޕޭޕަރެއް ތައްޔާރުކޮށްފަ އެވެ. މި ޕޭޕަރުގައި ހުރި ކަންކަމާއެކު އަމިއްލަ ފަރާތްތަކުން ހުށަހަޅާ ކަންކަން ހިމައިގެން ހާއްސަ ހަރުދާހެއް މޯލްޑިވްސް 2.0 ސަމިޓުގައި ތައްޔާރު ކުރާނެ އެވެ.
މޯލްޑިވްސް 2.0 ސަމިޓު ފައްޓަވައި ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެ 2040 ވަނަ އަހަރު އަންނަން ވާއިރަށް އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުގެ ތެރޭގައި ހިމަނަން ބޭނުންނަމަ ނުރަނގަޅުކޮށް ހިންގާ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ މިގޮތުން ރަނގަޅު ކުރަން ޖެހޭ އެންމެ ބޮޑުއެއް ކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ހުއްޓުވުން ކަމަށާ އެކަމަށް އެންމެ މުހިންމުއެއް ކަމަކީ ހިއުމަން އިންޓަވެންޝަން މަދުކޮށް ހިދުމަތް ދެވޭނެ ނިޒާމެއް ގާއިމް ކުރުމެވެ.
"އިންސާނުން ކަންކަން ކުރާއިރު ކިރިޔާ ބާރެއްއ އަތުގަ އޮތަސް ނުވަތަ އަމިއްލަ އަށް އެކްސެސް ވާނަމަ ގިނަ މީހުން އަމިއްލަ ނަފްސު އިސްކުރެވޭނެ. ކޮރަޕްޝަނަށް އޭގެ ސަބަބުން ވަދޭ. އެހެންވެ އަމިއްލައަށް ކުރާ ކަންކަން މަދުވާނަމަ ޑިޓަމައިން ކުރަނީ ހިދުމަތް ދިނުމުގެ ނިޒާމުގައި ކޮރަޕްޝަން ނެތިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ އިސް ނެންގުމަކަަށް ފައްޓަވާ މޯލްޑިވްސް 2.0 މަަޝްރޫއުގެ ދަށުން މިހާރު ހިންގުމުގެ ނިޒާމުގައި ހުރި ގިނަ ކަންކަން އިސްލާހު ކުރާނެ އެވެ. ޑިޖިޓަލް ފަސްޓަށް އިސްކަން ދީގެން ގެންނަ މި ބަދަލާއެކު މުއްސަސާތަކުން ހިދުމަތް ދިނުމުގައި ޑިޖިޓަލް ގޮތް އިސްކުރާނެ އެވެ. ހާއްސަކޮށް ޑިޖިޓަލްކޮށް މިހާރު ވެސް އެކި އޮފީސްތަކާއި ވުޒާރާތަކުން އެކި ފޯމެޓުގައި އެކި ޕްލެޓްފޯމްތަކުގައި ދެމުން ގެންދާ ހިދުމަތްތައް އެއް ނިޒާމަށް ވައްދައި ހުރިހާ ނިޒާމެއް އެލައިން ކުރާނެ އެވެ. މިކަން ކުރުމަށްޓަކައި ފަށާ މޯލްޑިވްސް 2.0 މަޝްރޫއުގައި މައިގަނޑު އަށް ސްޓްރެޓެޖިކް ނުވަތަ އިސްތިރާޖީ ޕިލާއެއް ހިމެނެ އެވެ.
ރާއްޖޭގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ފެށި ބުރަ ބޮޑު މަސައްކަތުގައި ފަންނީ ގޮތުން އެހީތެރިވެދެނީ ދުނިޔޭގައި އޮތް އެންމެ ޑިޖިޓަލް ނިޒާމުން ފުރިހަމައަށް ހިންގުން ބަދަލުކޮށްފައިވާ އެސްޓޯނިއާގެ ސަރުކާރުންނެވެ.
މޯލްޑިވްސް 2.0 ސަމިޓުގައި އެސްޓޯނިއާގެ އެކްސްޕާޓުން ބައިވެރިވެ އެވެ. މި އެކްސްޕާޓުންގެ ތެރޭގައި ސައިބަ ސެކިއުރިޓީ އެކްސްޕާޓުންނާއި ޑާޓާގެ އެކި ކަންކަމުގެ އެކްސްޕާޓުންނެވެ. މި ބޭފުޅުންނަކީ އެސްޓޯނިއާގެ ޖިޑިޓަލް ޖާނީގައި މުހިންމު އިސް ފަރާތްތަކެވެ.
މޯލްޑިވްސް 2.0 ސަމިޓުގައި ވާހަކަ ދައްކަވަމުން އެސްޓޯނިއާގެ ޑިޖިޓަލް ކައުންސިލްގެ މެމްބަރު އަދި އެސްޓޯނިއާގެ އީ-ގަވަނަންސް އެކަޑަމީގެ ކޯ ފައުންޑަރު ލިނާވިކް ވިދާޅުވީ އެއްވެސް ގައުމަކީ އަމިއްލައަށް ޓިޖިޓަލް ޓްރާންސްފޮމޭޝަން ގެނެވޭނެ ބައެއް ނޫން ކަމަށާ މިކަން ކުރުމުގައި ބައިނަލްއަގުވާމީ އަދި ސަރަހައްދީ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ އެވެ.
ރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން އާއި ހިދުމަތްތައް މިހާރު ހުރި ގޮތް ބައްލަވާ ތަޖުރިބާ ކުރައްވާފައިވާ ލިނާވިކް ވިދާޅުވީ ރާއްޖެ މިހާރު އޮތް ހިސާބުން އެހާ ގިނަ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ދެކެވަޑައި ނުގަންނަ އެވެ. އަދި އެސްޓޯނިއާ ގޮތަށް ރާއްޖެއަކީ ވެސް ދުރު ހިސާބުތަކުގައި މީހުން ދިރިއުޅޭ ގައުމަކަށްވުމުން ހިދުމަތް ގާއިމް ކުރުމުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ނޭޓޯގެ ގައުމުތަކަށްވެސް ސައިބަ ސެކިއުރިޓީގެ ދާއިރާ އިން ލަފާ ދެއްވާ ތަޖުރިބާކާރު ވިދާޅުވި އެވެ.