މިދިޔަ މަހު ވެސް ކަރަންޓު ބިލްތަކަށް ޑިސްކައުންޓް ދީފި

އާއްމުވެފައިވާ ބައެއް ކަރަންޓް ބިލްތަކުން އެނގޭ ގޮތުގައި ބައެއް ބިލްތަކުން 700ރ. ގެ ޑިސްކައުންޓެއް ދީފައިވެ އެވެ.

ސްޓެލްކޯ މުވައްޒަފެއް މަސައްކަތް ކުރަނީ -- ސްޓެލްކޯ

ރޯދަ މަހުގެ ކަރަންޓު ބިލްތަކަށް ޑިސްކައުންޓް ދިން ގޮތަށް މިދިޔަ މަހުގެ ކަރަންޓު ބިލްތަކަށް ވެސް ޑިސްކައުންޓް ދީފައިވާކަން ހާމަވެއްޖެ އެވެ. 

ސޯޝަލް މީޑިއާގައި އާއްމު ބައެއް ފަރާތްތަކުން ދަނީ ކަރަންޓު ބިލްތަކަށް އައިސްފައިވާ ބަދަލުތަކާމެދު ސްޓެލްކޯއާ ސުވާލު ކުރަމުންނެވެ. 

ނަމަވެސް ސްޓެލްކޯއިން ވެސް އަދި ސަރުކާރުން ވެސް މި ކަމާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އާއްމުވެފައިވާ ބައެއް ބިލްތަކުން އެނގޭ ގޮތުގައި ކަރަންޓު ބިލްތަކަށް މިދިޔަ މަހު ވަނީ ޑިސްކައުންޓް ދީފަ އެވެ. 

އާއްމުވެފައިވާ ބައެއް ބިލްތަކަށް ބަލާއިރު 700ރ. ވަރުގެ ޑިސްކައުންޓެއް ދީފައި ހުރި ބިލްތައް ވެސް އެބަހުއްޓެވެ. 

ރޯދަ މަހު އާއްމުން ކަރަންޓު ބޭނުން ކުރުން އިތުރުވަމުން ދިއުމާއެކު ރައްޔިތުންނަށް ލުއިކޮށް ދިނުމުގެ ގޮތުން ކަރަންޓު ބިލްތަކުން ޑިސްކައުންޓް ދެ އެވެ. މިގޮތުން އެންމެ ކުޑަކޮށް ޑިސްކައުޓް ލިބޭ ބިލްތަކުންވެސް އެވްރެޖުކޮށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.