ފެޑޯގެ މަޝްރޫއަކަށް ހިއްސާގެ ބާޒާރުން ފައިސާ ހޯދާ އިންވެސްޓްމަންޓް މެނޭޖު ކުރަން ޑީއައިޕީ

ފެޑޯގެ މި މަޝްރޫއު ނިންމަން ހިއްސާގެ ބާޒާރުން ފައިސާ ހޯދުމުގައި އިންވެސްޓްމަންޓް އަދި ފަންޑު މެނޭޖުމަންޓް ކުންފުންޏެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ދިވެހ އިންވެސްޓްމަންޓް ޕާޓްނާސް އެވެ.

ދިވެހ އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އާއި ފެޑޯއިން ސޮއިކުރަނީ

ފެޑޯ އިން ހުޅުމާލޭގައި ހިންގާ މަަޝްރޫއަކަށް ހިއްސާގެ ބާޒާރުން 55 މިލިއަން ހޯދަން ފަންޑު މެނޭޖު ކުންފުންޏެއްގެ ގޮތުގައި ދިވެހ އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) ހަމަޖައްސައިފި އެވެ. 

ޑީއައިޕީ އިން ބުނީ މި ސޮޔާއެކު ފެޑޯއިން ހުޅުމާލޭގައި ތަރައްގީ ކުރާ ޕްރިމިއަމް ހޮސްޕިޓާލިޓީ މަޝްރޫއު (ސެވޯ) މަޝްރޫއު ނިންމުމަށް ބޭނުންވާ 55 މިލިއަން ރުފިޔާގެ ފަައިނޭންސް ހޯދަން ކެޕިޓަލް މާކެޓުން ބޮޑެއް ރެއިސް ކުރާނެ އެވެ. 

ފެޑޯގެ ސެވޯ މަޝްރޫއު - ފެޑޯއަކީ 2011 ވަނަ އަހަރުން ފެށިގެން އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން ގެންދާ ކުންފުންޏެކެވެ. އެ ކުންފުނިން ހުޅުމާލޭގައި ހިންގާ ސެވޯ މަޝްރޫއަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޖިމާއި ޕޫލް އަދި ކޮންވެންޝަން ފެސިލިޓީގެ އިތުރުން އެހެނިގެން ވަސީލަތްތައް ހިމެނޭ މަޝްރޫއެކެވެ. މި މަޝްރޫއަކީ އެ ކުންފުނީގެ ވިޔަފާރި ސާވިސް އަދި ހޮސްޕިޓާލިޓީ ދާއިރާގައި ފުޅާ ކުރަން އެކުލަވާލާފައިވާ ރޯޑްޕެމްގެ މުހިންމު ބައެކެވެ. 

ޑީއައިޕީ ކުންފުނިން ބުނީ މި ބޮންޑަކީ އަންސެކިއުޓް ކޮންވެންޝަނަލް ބޮންޑެއް ކަމަށެވެ. އަދި މި ބޮންޑު ވިއްކާނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށެވެ. މިއީ އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްކަށް ރަނގަޅު ފުރުސަތަކަށްވާނެ ކަމަށް ޑީއައިޕީ އިން ބުނެފައިވެ އެވެ. 

ޑީއައިޕީ ކުންފުނިން ބުނީ އެ ކުންފުނިން ދަނީ މި ބޮންޑުގެ އިތުރުން އިތުރު އެހެން ކުންފުނިތަކާއެކުވެސް ހިއްސާގެ ބާޒާރު މެދުވެރިކޮށް އިތުރު އިންވެސްޓްމަންޓްތައް ގެންނަން މަސައްކަތް ކުރަމުންނެވެ. 

ދިވެހި އިންވެސްމަންޓް ޕާޓްނާސް

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް ކުންފުންޏަކީ ފަންޑު މެނޭޖުކޮށް ދިނުމާއި ފައިސާ ހޯދައިދިނުން އަދި ފައިނޭންޝަލް އެޑްވައިޒަރީ ދޭ ކުންފުންޏެކެވެ. މި ކުންފުނީގެ ބޯޑުގައި ރާއްޖޭގެ މަަޝްރޫއު ގިނަ ފަރާތްކެއް ހިމެނިވަޑައިގަތެވެ. މިގޮތުން ޗެއާމަންއަކީ އެލައިޑު ކުރީގެ އެމްޑީ އަބްދުލް ވާހިދު ތައުފީގު އެވެ، އަދި އެމްޑީއަކީ އެލައިޑުގެ ކުރީގެ އެމްޑީ މުހައްމަދު ޝަފާޒު އެވެ. މީގެ އިތުރުން ބޯޑުގައި ޑރ. ސަނީ އުމަރުގެ އިތުރުން އެލައިޑުގެ ކުރީގެ އެމްޑީ އަހުމަދު އަމީލުގެ އިތުރުން އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަދި އިކޮނޮމިސްޓް އަހުމަދު ނަސީރުވެސް ހިމެނިވަޑައިގަނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.