"ވާނުވާ" ބަންދުގައި ތިބި މީހުން މޮނީޓާ ކުރާ ގޮތަށް ދޫކޮށްދޭން އެދިއްޖެ

ޕްރޮސިކިއުޓާ ޖެނެރަލް އަދި އެޓާނީ ޖެނެރަލާ މަޝްވަރާ ކުރައްވައިގެން، މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، އެއް ފުރުސަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ، ބައްލަވާނެ ކަމަށް މި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭ ގޮތުން ވަކާލާތު ކުރާ މީހުން ރައީސްއާ ބައްދަލުކުރަނީ --

"ވާނުވާ" ބަންދު ނުވަތަ ޝަރީއަތް ނިމެންދެން ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބި މީހުން މޮނީޓާ ކުރާ ގޮތަށް ދޫކޮށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެކަމަށް ވަކާލާތު ކުރާ މީހުން އެދިއްޖެ އެވެ.

ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތު ކުރާ ބަޔަކު ވަނީ ރައީސްއާ ބައްދަލުކުރައްވައި އެކަމަށް ހައްލެއް ހޯދޭނެ ހިޔާލު ތަކެއް ހުށަހަޅާފަ އެވެ.

އެގޮތުން، އެމީހުންގެ ފަރާތުން ހުށަހެޅި ބައެއް ކަންކަމުގެ ތެރޭގައި ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓަރކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުސަތު ދިނުމަށް ފެންނަ ކަމަށް އެމީހުން ރައީސަށް ހުށަހަޅާފައިވެ އެވެ.

އަދި އެފަދަ ފަރާތްތަކުގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން އެމީހުން ވަނީ މި ބައްދަލުވުމުގައި ފާހަގަކޮށްފަ އެވެ. 

އިންސާނީ ކަރާމާތް ގެއްލޭފަދަ ކަންކަމަށް ވާނުވާ ބަންދުގައި ތިބި ފަރާތްތައް ހުށަހެޅިފައިވާ ކަމަށާއި، އިސްލާމްދީނުގައި މިކަންކަމަށް އޮންނަ ރިވެތި އުސޫލުތައް ވެސް އެމީހުން ވަނީ ފާހަގަކޮށްފަ އެވެ. މިގޮތުން އިހުސާންތެރިވުމަށާއި، އަދުލުވެރިކަން އިސްކުރުމަށާއި، އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާކަންކަން ވެސް މި ބައްދަލުކުރެއްވުމުގައި އެމީހުން ފާހަގަކޮށްފައިވެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ޕްރޮސިކިއުޓާ ޖެނެރަލް އަދި އެޓާނީ ޖެނެރަލާ މަޝްވަރާ ކުރައްވައިގެން، މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، އެއް ފުރުސަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ، ބައްލަވާނެ ކަމަށް މި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވެ އެވެ.

އަދި ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުންދާ ކަމަށާއި، ވަގުތީ ގޮތުންވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި، ޖަލުތަކުގެ ހާލަތު ބައްލަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.