ޝަރަފްވެރިކަމާއެކު ކުރީގެ ސީޕީ ޝުޖާއު ރިޓަޔާ ކުރައްވައިފި

ޝުޖާއު ރިޓަޔާ ކުރައްވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝުޖާއު ރިޓަޔާ ކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކޮމިޝަނާ އޮފް ޕޮލިސް، އަލީ ޝުޖާއު ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާއެކު މިރޭ ރިޓަޔާ ކުރައްވައިފި އެވެ.

ޝުޖާއު ރިޓަޔާ ކުރައްވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝުޖާއު ރިޓަޔާ ކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއެވެ. މި ރަސްމިއްޔާތުގައި، ޝަރަފުގެ ހަނދާނީ ފިލާ އަދި ރިޓަޔަމަންޓް ކާޑު އަރުވާފައިވެ އެވެ. 

ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާ ކޮމިޝަނަރުންނަށް ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނާ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.

މި ރަސްމިއްޔާތުގައި ޝުޖާއު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވި އެވެ.

ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާއަށް އަށް އަހަރު ދުވަހު ހިދުމަތްކުރައްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.