2024 | އެމްއެމްއޭއިން ބިލިއަނެއްހާ ޑޮލަރު ދޫކުރި، ބޮޑުބައި އެސްއޯއީތަކަށް

އެމްއެމްއޭއިން ދޫކުރި ޑޮލަރުގެ ތެރޭން އެސްއޯއީތަކަށް 651.8 މިލިއަން ޑޮލަރު ލިބުނުއިރު، ބޭންކްތަކަށް 346 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ -- ފޮޓޯ: އެޑިޝަން

މިދިޔަ އަހަރު މަރުކަޒީ ބޭންކުން ބިލިއަނެއްހާ ޑޮލަރު ދޫކުރިއިރު މި ޑޮލަރުގެ 65.3% ގަނެފައިވަނީ އެސްއޯއީތައް ނުވަތަ ސަރުކާރުގެ ކުންފުނިތަކުންނެވެ. 

މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ދޫކުރި ޑޮލަރުގެ ބޮޑުބައެއް ހަރަދުވެފައިވަނީ ރާއްޖެ އަށް ބޭނުންވާ ތެލާއި ބޭސް އަދި ކާޑުގެ ބާވަތްތައް ގަތުމުގެ އިތުރުން ދަރަނި ދެއްކުމަށެވެ. 

މަރުކަޒީ ބޭންކުން ޑޮލަރު ދޫކުރި ގޮތް

  • އެސްއޯއީތަކަށް - 651.8 މިލިއަން ޑޮލަރު
  • ބޭންކްތަކަށް - 346 މިލިއަން ޑޮލަރު

އެމްއެމްއޭގެ މައުލޫމާތުތައް ދައްކާ ގޮތުން މީގެ އިތުރުން ޑޮލަރު ދޫކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ބޭރަށް ފުރާ ދިވެހިންނަށް 500 ޑޮލަރުގެ ރޭޓުން ވީއައިއޭއިން ދޫކުރި ޑޮލަރާއި ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ދޫކުރުން އަދި އުމްރާއާއި ހައްޖުވެެރިންނަށް ދޫކުރި ޑޮލަރު ހިމެނެ އެވެ. 

މަރުކަޒީ ބޭންކުން 2023 ވަނަ އަހަރު ވެސް 995.5 މިލިއަން ޑޮލަރު، ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ދޫކޮށްފައި ވާއިރު، މީގެތެރޭން 70 ޕަސެންޓް ގަތީ އެސްއޯއީތަކުންނެވެ.އެސްއޯއީތަކުން 687.8 މިލިއަން ޑޮލަރު (69 ޕަސެންޓް) ދޫކޮށްފައިވެ އެވެ. އަދި  ބޭންކްތަކަށް  307.6 މިލިއަން ޑޮލަރު (30 ޕަސެންޓް) ދޫކޮށްފައިވެ އެވެ. އަދި ވީކްލީ އެލޮކޭޝަންގެ ގޮތުގައި 159.6 މިލިއަން ޑޮލަރު އަދި ބޭރަށް ފުރާ މީހުންނަށް 85.5 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ. އަދި ބޭރުގައި ކިޔަވާ ދަރިވަރުންނަށް 43.7 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.