ފުލުހުން ބުނީ އެ ކޮތަޅުތައް ބެލިބެލުމުން، 221 ފޮށި ސިނގިރޭޓު ފެނިފައިވާ ކަމަށެވެ. މިއީ ވަގަށް ރާއްޖެ އެތެރެކުރި ސިނގިރޭޓު ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މައްގުމައްޗަށް ދޫކޮށްލާފައި ދިޔަ ކަޅު ކޮތަޅުތަކަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ފެނުނު މައްސަލައެއްގައި ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީމާލޭގެ ބޮޑުރަސްގެފާނު މަގަށް ރޭ ތިން ކަޅު ކޮތަޅު ދޫކޮށްލުމަށްފަހު ޕިކަޕެއް ފިލި މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ކޮތަޅުތައް ބެލިބެލުމުން، 221 ކާޓަން ސިނގިރޭޓު ފެނިފައިވާ ކަމަށެވެ. މިއީ ވަގަށް ރާއްޖެ އެތެރެކުރި ސިނގިރޭޓު ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ތިން ފިރިހެނުންނެވެ.
ރާއްޖޭގައި މިހާރު ވަނީ ވޭޕް މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އިތުރަށް ބޮޑުކޮށްފަ އެވެ. އެހެންވެ ފަހަކަށް އައިސް ވަގަށް ސިނގިރޭޓް އެތެރެކުރާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިދިޔަ ހަފްތާ ފުލުހުން ވަނީ 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފަ އެވެ.
އޭގެ ކުރިން ވެސް ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅެނިކޮށް ވަނީ އަތުލައިގެންފަ އެވެ.