މި އަހަރުގެ ފުރަތަމަ ތިން މަސް | ބޭންކަށް ރަނގަޅު ނަތީޖާއެއް

ވޭތުވެދިޔަ ކުއާޓަގައި ބީއެމްއެލް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 72 އިންސައްތައިގެ ކުރިއެރުމެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފު އިއްޔެ އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ބީއެމްއެލް

މި އަހަރުގެ ފުރަތަމަ ތިން މަހު ގައުމީ ބޭންކް، ބީއެމްއެލްއަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ކަމަށް މާޕީ ރިޕޯޓުން ދައްކައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ހޯދައިފި އެވެ.

ވޭތުވެދިޔަ ކުއާޓަގައި ބީއެމްއެލް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 72 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުއާޓަރގައި ބޭންކުން ލޯނު ދޫކޮށްފައިވާ އަދަދުވަނީ 470 މިލިއަނަށް ވުރެ އިތުރުވެފައެވެ. ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ދެމެހެއްޓިފައި ވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ވޭތުވެދިޔަ އަހަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށްފަހު، މި އަހަރުގެ ފުރަތަމަ ކުއާޓަރގައިވެސް މި ދުވެލި ދެމެހެއްޓިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިފަދަ ރަނގަޅު މާލީ ނަތީޖާއެއް ލިބުމަކީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައު ކުރިއަރުވަން އެހީތެރިވުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ލިބޭ އިތުރު ހިތްވަރެއް." ޝަރީފު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.