ހާލު ދެރަވި ޕޮލިސް ރެކްރޫޓް އޮތީ ވެންޓިލޭޓަރުގައި

ފުލުހުން ބުނީ އެ ރެކްރޫޓަކީ ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރެއް ކަމަށެވެ.

އައިޖީއެމްއެޗް

ދ. ވާނީގައި ކުރިއަށްދާ ޕުލުހުންގެ ޓްރެއިނިން ކޯހުގައި އުޅެނިކޮށް ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ޕޮލިސް ރެކްރޫޓަށް މިވަގުތު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ރެކްރޫޓަކީ ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރެއް ކަމަށެވެ.

އުމުރުން 34 އަހަރުގެ ފިރިހެން އޮފިސަރު ހަބަރު ހުސްވެފައި އޮއްވާ ފެނުނީ މިއަދު ފަތިހު 4:21 އެހައިކަންހާއިރު އެވެ.

ފުލުހުން ބުނީ ޓްރޭނިންގައި ބައިވެރިވާ ދަރިވަރުންނަށް ފަތިހު ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު އޭނާއަށް ގޮވުމުންވެސް ހަބަރެއް ނުވާ ކަމަށެވެ. އޭނާގެ ހަށިގަނޑުގައި ހަރަކާތެއް ވެސް ނެތުމުން، 4:27 ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ.

އެއަށްފަހު ޑޮކްޓަރުގެ ލަފާގެ މަތިން، 4:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، މިއަދު މެންދުރު ފަހު 13:22 ގައި އެއާ އެމްބިއުލާންސްގައި މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"މި ވަގުތު އެ ރެކްރޫޓަށް ފަރުވާ ދެމުން ގެންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައި،" ފުލުހުން ބުންޏެވެ.

އެ އޮފިސަރުގެ ހާލު ދެރަވި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.