28 ދުވަހުގެ ތެރޭގައި ގުޅި ހިއްކުމުގެ 80 ޕަސެންޓް ނިންމައިފި

ގާތްގަނޑަކަށް 1015 މީހުން ދިރިއުޅޭ ގުޅިއަކީ ބިމުގެ ޖާގަ ކުޑަ ނަމަވެސް ފަތުރުވެރިކަން ކުރިއަރައިގެން އަންނަ ރަށެކެވެ. މިރަށުގައި 15 ވަރަކަށް ގެސްޓްހައުސް ހިންގަމުންދާއިރު، ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބިންކޮޅު ކުޑަވުމެވެ.

ކ. ގުޅި ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ -- ފޮޓޯ: އެމްޓީސީސީ

ކ. ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށިތާ 28 ދުވަސް ތެރޭގައި 80 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ ގުޅީގެ ބިން ހިއްކަން ހަވާލުކޮށްފައިވާ މުއްދަތަށްވުރެ ކުރިން މަސައްކަތް ނިންމާލުމަކީ އަމާޒެއް ކަމަށެވެ. ދެން ހުރި މަސައްކަތްތައް ވެސް އަވަސް މިނެއްގައި ނިންމާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގާތްގަނޑަކަށް 1015 މީހުން ދިރިއުޅޭ ގުޅިއަކީ ބިމުގެ ޖާގަ ކުޑަ ނަމަވެސް ފަތުރުވެރިކަން ކުރިއަރައިގެން އަންނަ ރަށެކެވެ. މިރަށުގައި 15 ވަރަކަށް ގެސްޓްހައުސް ހިންގަމުންދާއިރު، ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބިންކޮޅު ކުޑަވުމެވެ.

އެމްޓީސީސީ އިން ބުނީ އެންމެ ފަހުން އެރަށުން ބިން ދޫކޮށްފައި ވަނީ 2003 ވަނަ އަހަރު ކަމަށެވެ. އެއީވެސް އެންމެ 13 ބިންކަން ފާހަގަކުރަމުން އެ ކުންފުނިން ބުނީ، މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއާއެކު އެރަށު ރައްޔިތުންނަށް އޮތް ދައްޗަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ރަށުގެ ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމާއި އިގުތިސޯދު ފުޅާކުރުމުގެ ދަތިކަމަށް ބޮޑުތަކުން ހައްލު ލިބިގެންދާނެ ކަމަށް މިކުންފުނިން ގަބޫލުކުރަން،" އެމްޓީސީސީ އިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 10.15 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓަކާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓާއި، 88 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. 

މި މަޝްރޫއުގެ އަގަކީ 89.63 މިލިއަން ރުފިޔާ އެވެ. ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމާ ގޮތަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.