ސިޔާސީ މަގާމުތަކުގެ އަދަދު ގާނޫނަކުން ކަނޑައަޅަނީ

"ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލު މަޖިލީހާ ހިއްސާކުރަން ޖެހޭ ގޮތަށް ބަދަލުކުރުން، އެހެންވީމަ ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއަށް ސިޔާސީ މަގާމުތައް އައްޔަންކުރުން، ވަކިކުރުން ލާގޮތަށް [ނިންމީ]،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ކެބިނެޓްގެ ބައެއް މިނިސްޓަރުންނާ އެކު

ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރެވޭނެ އަދަދާއި، ބަޖެޓުން އެފަރާތްތަކަށް ގިނަވެގެން ހޭދަކުރެވޭނެ ފައިސާގެ އަދަދު ގާނޫނަކުން ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ "ޗެކް އެންޑް ބެލެންސް" ނިޒާމެއްގެ ތެރެއިން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަށް ގާނޫނު ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

"ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލު މަޖިލީހާ ހިއްސާކުރަން ޖެހޭ ގޮތަށް ބަދަލުކުރުން، އެހެންވީމަ ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއަށް ސިޔާސީ މަގާމުތައް އައްޔަންކުރުން، ވަކިކުރުން ލާގޮތަށް [ނިންމީ]،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ރައީސް މިއަދު ވިދާޅުވެފައި ވަނީ ބޭކާރު އެއްވެސް މުވައްޒަފަކު އެއްވެސް ތަނަކަށް އައްޔަނުކުރައްވާފައި ނުވާނެ ކަމަށެވެ. މަގާމުތަކުގައި ތިބި ހުރިހާ ބޭފުޅުންނަކީ ވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ބޭނުންތެރި ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރެވޭ އަދަދު ގާނޫނަކުން ކަނޑައެޅުމަށް ނިންމާފައިވާއިރު، ރައީސް ވަނީ ގާނޫނުތަކުން ގެނައުމަށް ނިންމާފައިވާ އިތުރު ކަންކަން ވެސް ވިދާޅުވެ ދެއްވާފަ އެވެ.

އޭގެ ތެރޭގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމާއި، ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށުމުގެ އިތުރުން ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލު ކުރުން ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.