ޖުލައިގައި ހިޔާވެހި ލޯނު ދޫކުރެވޭތޯ މަސައްކަތް ކުރާނަން: ރައީސް

މަސް ދުވަހަށް މުއްދަތު އިތުރުކުމުން، ކުރިން ވިދާޅުވި ގޮތަށް ޖުލައި މަސްތެރޭގައި ލޯނު ދެވޭނެކަން ޔަގީން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ޖުލައިގައި ދޫކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ގެ އަޅަން ފަސް ޕަސެންޓުގައި ފައިނޭންސިން ލިބޭ "ހިޔާވަހި ފައިނޭންސިން" ޕްރޮގުރާމުގެ ދަށުން ވައުދުވެވަޑައިގެންފައިވާ ގޮތަށް މިއަހަރުގެ ޖުލައި މަސްތެރޭގައި ލޯނު ދޫކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ޕްރޮގްރާމަކީ ފަސް ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގައި 25 އަހަރުން އަނބުރާ ދެއްކޭ ގޮތަށް ދޫކުރަން ނިންމާފައިވާ ލޯނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މިއަހަރު ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު އެވެ. 

ލޯނަށް އެދުމުގެ މުއްދަތު މިމަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާއިރު، ޖުލައި މަހު ލޯނު ދޫކުރާނެ ކަމަށް ކުރިން ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ލޯނު ސްކީމަށް އެދުމުގެ ފުރުސަތު މަސް ދުވަހަށް އިތުރުކޮށްފައި ވަނީ ބައެއް މީހުންނަށް ގެ ކުރަހާނެ މީހަކު ނުލިބުންފަދަ ކަންކަން ދިމާވެގެން ލޯނަށް ހުށަހެޅުމަށް ދަތިތަކެއް ދިމާވެފައިވާތީ ކަމަށެވެ.

މަސް ދުވަހަށް މުއްދަތު އިތުރުކުމުން، ކުރިން ވިދާޅުވި ގޮތަށް ޖުލައި މަސްތެރޭގައި ލޯނު ދެވޭނެކަން ޔަގީން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ޖުލައިގައި ދޫކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. 

"ހިޔާވަހި ފައިނޭންސިން" ސްކީމުން ތިން ބާވަތެއްގެ ނުވަތަ ކެޓަގަރީއެއްގެ ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. މި ތިން ބާވަތުގެ ލޯނު ސްކީމަކީ ވެސް ފަރުދުންނަށް އަލަތު ބޯހިޔާވަހިކަން ފަސޭހައިން ހޯދުމަށް މަގުފަހިކުރުމަށް ތައާރަފުކުރާ ސްކީމު ތަކެއް ކަމުގައިވާތީ އެ ސްކީމު ހަމަޖެހޭނީ ސްކީމަށް ކުރިމަތިލާ ފަރާތުގެ ނަމުގައި އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށެވެ.

އެގޮތުން މި ސްކީމުގައި ހިމެނޭ ފުރަތަމަ ކެޓަގަރީއަކީ އަތޮޅު ތެރޭގެ ރަށްތަކުގައި ގެދޮރު އެޅުމަށް ދޫކުރާ އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފައިނޭންސިން ސްކީމެކެވެ. "ހިޔާވަހި ރަތްވެހި ވަސީލަތު"ގެ ނަމުގައި ހިންގާ މި ސްކީމަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް ޝަރީއާ އުސޫލުތަކުގެ ތެރެއިން ނޮމިނަލް ކޮންޓްރިބިއުޝަނެއް ދައްކަންޖެހޭނެ އެވެ. މި ސްކީމު ދޫކުރާނީ ހައުސިން ފައިނޭންސް ޑިވެލޮޕްމެންޓު ކޯޕަރޭޝަން މެދުވެރިކޮށެވެ.

ދެން މި ސްކީމުގައި ހިމެނެނީ މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށް ހަ މިލިއަން ރުފިޔާއާ ހަމަ އަށް ފައިސާ ދޫކުރާ ސްކީމަކާއި، އާބަން ސެންޓަރުތަކުގައި ގެދޮރު އެޅުމަށް ތިން މިލިއަނާ ހަމައަށް ފައިސާ ދޫކުރާ ސްކީމެވެ.

ފަސް އިންސައްތަ އަށް ވުރެ ކުޑަ އިންޓަރެސްޓުގައި ގެދޮރު އެޅުމަށް ބޭނުންވާ ލޯނުތައް ދޫކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެ ސްކީމު ހިންގުމަށް މި އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކޮންމެ އަހަރަކު މި ޕްރޮގުރާމު ހިންގުމަށް ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނުއްވާނެކަން ރައީސް އިއުލާނު ކުރައްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.