ބޭންކިން ނިޒާމަށް 214 މިލިއަން ޑޮލަރު މާރުކޮށް، އެސްޑީއެފް ފަންޑަށް 121 މިލިއަން

ރައީސް ވިދާޅުވި ގޮތުގައި މިހާރު މާރުކުރަމުންދާ ގޮތަށް ދާނަމަ ކުރިން ވިދާޅުވި ގޮތަށް ޑޮލަރުގެ ލިމިޓް މަތި ކުރުމާއި ޓީޓީ ހެދޭ މިންވަރު މަތި ކުރާނެ އެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ --ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް ސިނާއަތުން މިހާތަނަށް ބޭންކިން ނިޒާމަށް 214 މިލިއަން ޑޮލަރު މާރުކޮށް، ފަހަށް ރައްކާކުރާ ފަންޑަށް 121 މިލިއަން ޑޮލަރު ޖަމާކޮށްފި އެވެ. 

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޓޫރިޒަމް ސިނާއަތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށާ މިގޮތަށް ދާނަމަ ކުރިން ވިދާޅުވި ބަދަލު ގެންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ އިތުރުން މި ސަރުކާރު ހަވާލުވިއިރު ތިން މިލިއަން ޑޮލަރު ހުރި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަންޑަށް 121 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. 

"ބޭރުގެ ދަރަނި ދައްކަމުން ހަރަދުތައް ކުރަމުން މުޅި އިގްތިސޯދުގެ ކަންކަން މެނޭޖު ކުރަމުން މިދަނީ ތަރުތީބަކުން. މީގެ [އެސްޑީއެފް] ގެ ބައެއް އެމައުންޓް ޓީބިލް ގައި އިންވެސްޓް ކުރަން. މިއީ އެގޮތަށް ގެންދާކަމެއް،" ރައީސް ވިދާޅުވި އެވެ. 

ޕްރެސެންޓޭޝަނެއް މެދުވެރިކޮށް ރައީސް ޑރ. މުއިއްޒު  ވިދާޅުވީ މިހާރު ކުރަމުން ގެންދާ މަސައްކަތްތަކާއެކު ރާއްޖޭގެ ރިޒާވްގެ ޓްރެންޑް ހުރީ ރަނގަޅުމަގެއްގަ އެވެ. 

ރާއްޖޭގެ ޖުމްލަ ރިޒާވް

  •  ޑިސެމްބަރު މަހު 673 މިލިއަން ޑޮލަރު
  •  ޖެނުއަރީ މަހު 708 މިލިއަން ޑޮލަރު
  •  ފެބްރުއަރީ 832 މިލިއަން ޑޮލަރު
  •  މާރިޗު 791 މިލިއަން ޑޮލަރު

ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް 2.5 ބިލިއަން ރުފިޔާ ލޯނު އަނބުރާ ދައްކަން ހަރަދުކޮށްފައިވާނެ ކަމަށާ މީގެ ތެރޭގައި 100 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއްވެސް ހިމެނެ އެވެ. އަދި މިއަހަރުގެ މިހާތަނަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 12 ބިލިއަން ލިބުމުނުއިރު ހަރަދު ހުރީ 10 ބިލިއަން ޑޮލަރުގަ އެވެ. އަދި މި ލޯނު ދައްކަމުން ގެންދަނީ ކުރަން ޖެހޭ ހަރަދުތައް ކުރުމަށްފަހު ކަން ރައީސް ފާހަގަ ކުރެއްވި އެވެ. 

"ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ސާޕްލްސްއަކީ 1.9 ބިލިއަން. ޕްރައިމަރީ ބެލެންސްއަކީ 3.5 ބިލިއަން ރުފިޔާ، ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.