އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ ދިވެހި ތާރީހުގައި ނިންމުނު ފަހުރުވެރި ނިންމުމެއް

"ކުޑަ ގައުމަކަސް، ސަންތައިން ސައްތަ އިސްލާމީ ގައުމެއްގެ ހައިސިއްޔަތުން، ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ހޭދަކުރުމާ ދެކޮޅަށް، އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ނިންމި ނިންމުމަކީ ފަހުރުވެރި ނިންމުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަކީ، ދިވެހި ތާރީހުގައި ނިންމުނު ފަހުރުވެރި ނިންމުމެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސިފަކުރައްވައިފި އެވެ.

ގިނަ ދުވަސްތަކަކަށްފަހު، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ހޭދަކުރަން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރާއްޖޭން ތެދުވުމަކީ ކޮންމެ ދިވެހި ރައްޔިތުން އެދޭ ކަމެއް ކަމަށެވެ.

"ކުޑަ ގައުމަކަސް، ސަންތައިން ސައްތަ އިސްލާމީ ގައުމެއްގެ ހައިސިއްޔަތުން، ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ހޭދަކުރުމާ ދެކޮޅަށް، އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ނިންމި ނިންމުމަކީ ފަހުރުވެރި ނިންމުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ރައްޔިތުންނަށް ވެފައިވަނީ، "މޯލްޑިވްސް ފަސްޓް" ނުވަތަ ރާއްޖޭގެ މަސްލަހަތު އިސްކުރުމުގެ ސިޔާސަތެއް ގެންގުޅޭނެކަމުގެ ވައުދެވެ.

ބައިނަލްއަގުވާމީ ދުނިޔެއާ އެކު ގުޅުންތައް ބާއްވައި، ބަދަހިކުރަމުންދަނީ އެ ސިޔާސަތަށް ހީނަރުކަމެއް ނާންނާނެ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މޯލްޑިވްސް ފަސްޓް ހާރިޖީ ސިޔާސަތެއް ބަދަލެއް ނާދޭ، ނުވެސް އަންނާނެ. އެ ސިޔާސަތަށް އިހްތިރާމް ކުރާ ކޮންމެ ގައުމަކާ އެކީ ރާއްޖޭން ގުޅުން ބަދަހިކުރާނެ،" ރައީސް ވިދާޅުވި އެވެ. 

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ރައީސް ތަސްދީގު ކުރައްވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބިލުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.