ވަގުފު އިމާރާތް ތަކަކީ އިސްލާމީ ގައުމުތަކުގައި ބޮޑު މަންފާއެއް ލިބިގެންދާ ކަމެވެ. މިކަން އެންމެ ފުޅާކޮށް ހިންގާ އެއް ގައުމަކީ ސައޫދީ އަރަބިއްޔާ އާއި އިންޑޮނޭޝިއާ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮރަލްބްލެވާޑުގެ ނަމުގައި އިމާރާތެއް އަޅަން ދޫކުރި ބިމުގެ ބައެއްގައި ވަގްފް އިމާރާތެއް އަޅަން ނިންމައިފި އެވެ.
މިކަން އިއުލާނު ކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވަގުފު އިންވެސްޓްމަންޓްތައް އިތުރު ކުރުމަކީ ސަރުކާރުގެ މަގުސަދެއް ކަމަށާ މި އިންވެސްޓްމަންޓްތަކަކީ ކައިރި މުސްތަގުބަލާއި ދުރު މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓްތަކެއް ކަމަށެވެ. މިގޮތުން މާލެ ކޮރަލްބްލެވާޑު ހަދަން ދޫކުރި ބިމުން 10،000 އަކަފޫޓުގެ ސަރަހައްދެއްގައި ވަގްފް އިމާރާތް ކުރާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"މިއީ ދުރުރާސްތާ އާއި މެދުރާސްތާއަށްވެސް މުހިންމު ކަމެއް. މި އިމާރާތްތައް ނިމުމުން އިސްލާމް ދީނާ ގުޅުންހުރި ކަންކަމަށް ބަޖެޓުން ހަރަދު ކުރުމުގެ ބަދަލުގައި އެ އިމާރާތްތަކުން ހަަރަދު ކުރެވޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގުރުއާނާ ބެހޭ ހާއްސަ ވަގުފު އިމާރާތް ކުރަން ހަމަޖެހިފައިވަނީ ކޮރަޕްބޮލްޔާޑު ހަދަން ދިން ސަރަހައްދުގަ އެވެ.
ވަގުފު އިމާރާތް ތަކަކީ އިސްލާމީ ގައުމުތަކުގައި ބޮޑު މަންފާއެއް ލިބިގެންދާ ކަމެވެ. މިކަން އެންމެ ފުޅާކޮށް ހިންގާ އެއް ގައުމަކީ ސައޫދީ އަރަބިއްޔާ އާއި އިންޑޮނޭޝިއާ އެވެ.