ހުޅުމާލެ ހޮޓާ ނިންމަން ހަވާލުކޮށްފި، ހުޅުވާނީ މެންހަޓަން ގްރޭންޑް ހޮޓެލް

ހަތަރު މަސް ތެރޭ ހޮޓާ ހުރި އިމާރާތުގެ ބައެއް ނިންމާނެ އެވެ. އެބައިގައި ހުންނާނީ މީޑިއާ ވިލެޖް ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖެވެ.

ހުޅުމާލޭގައި އެސްޓީއޯއިން މީގެ 12 އަހަރުކުރިން ހަދަން ފެށި ހޮޓާ : އެންމެ ފަހުން ހޮޓާ ދޫކޮށްލުމުން މިހާރު ދަނީ ހުޅުވަން ތައްޔާރު ވަމުން -- އެޗްޑީސީ

ހުޅުމާލޭގައި އެސްޓީއޯއިން ތަރައްގީކޮށް ނުހުޅުވެ ޒަމާންވެފައިވާ "އެސްޓީއޯ ހޮޓާ" ހިންގަން އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި ހިންގުން ހަވާލުކުރަން ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރުމަށް އެޗްޑީސީން ހަވާލު ކުރަން ސޮޔެއް ކޮށްފި އެވެ.

ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، އެ މަސައްކަތާ ކުރިން ހަވާލުވެފައި އޮތް އެސްޓީއޯއާއެކު ސެޓަލްމަންޓް އެގްރީމަންޓަކަށް ދިއުމަށްފަހު އެވެ.

މި އިމާރާތުގައި މީޑިއާ ވިލެޖު ހުންނާނެ

ހުޅުމާލޭގައި މި ތަރައްގީކުރެވޭ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެ އެވެ.

ހުޅުމާލޭގައި އެސްޓީއޯއިން މީގެ 12 އަހަރުކުރިން ހަދަން ފެށި ހޮޓާ : އެންމެ ފަހުން ހޮޓާ ދޫކޮށްލުމުން މިހާރު ދަނީ ހުޅުވަން ތައްޔާރު ވަމުން -- އެޗްޑީސީ

ފަސް ތަރީގެ 158 ކޮޓަރީގެ ހޮޓަލެއް ހުންނާނެ

މި ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގަ އެވެ. އަދި ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރިގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

މެންހަޓަން ގްރޭންޑް ހޮޓެލް ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސް އިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގަ އެވެ. މި މަޝްރޫ އަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިން ނެވެ.

އެޗްޑީސީ އިން ބުނީ މިއީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ.

ހުޅުމާލެ ހޮޓާ - އެސްޓީއޯ އިން ޓޫރިޒަމަށް ނުކުނަން ބޭނުންވެ ހުޅުމާލޭގައި ހޮޓަލެއް ހަދަން ބިން ނެގީ 25 އަހަރަށެވެ. އެތަން ނަގާގައިވަނީ 2033 ވަނަ އަހަރާ ހަމައަށެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅަން ނިންމާފައިވާ 250 ކޮޓަރީގެ ހޮޓަރީގެ ބޮޑު ބައެއް ނިންމި އެވެ.. މި ހޮޓަލުގެ މަޝްރޫއު ފަށައިގެންފައިވަނީ 60 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށީ، 2011 ވަނަ އަހަރު އެވެ. އަދި ޖެހިގެން އައި އަހަރު ތައި އެގްޒިމް ބޭންކާއެކު ލޯނު އެގްރީމެންޓުގައި ސޮއިކުރި އެވެ. އަދި 2013 ގައި ކޮންޓްރެކްޓަރުން އައްޔަން ކޮށް މަސައްކަތް ބާރަށް ކުރިދިޔަ އެވެ. ނަމަވެސް އެ ހޮޓާ މިއަދާ ހަމައަށްވެސް ނިންމޭ ގޮތެއް ނުވި އެވެ. އެހެންވެ އެސްޓީއޯއިން ވަނީ އެ ހޮޓާ ދޫކޮށްލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.