ކަމަނަ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި، ފުރަތަމަ މަހުގެ ޕޭމަންޓު އަދިވެސް ހިލޭ

ކަމަނަ ޕްލޭނަކީ އަންހެނުންނަން ހާއްސަ މާލީ ރައްކާތެރިކަމެއް ޔަގީންކޮށްދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

އެލައިޑުގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް އިންމިދިޔަ މާރިޗު މަހު ކަމަނަ ޕްލޭންގެ ޕްރޮމޯޝަން އޮތީ އޭޕްރިލު މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް އާންމުންގެ ފަރާތުން ލިބެމުން އައި ތަރުހީބާއި އެކު އެލައިޑް އިސްލާމިކް ވިންޑޯއިން ވަނީ މި ފެށޭ މެއި މަހުގެ ނިޔަލަށް ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރުމަށް ނިންމާފަ އެވެ. އެހެންކަމުން ކަމަނަ ޕްލޭން ނަންގަވާ ކޮންމެ މީހެއްގެ ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ޕޭމަންޓުން 100 ޕަސެންޓް ޑިސްކައުންޓް ލިބޭ އޮފާ އަދި ވެސް ކުރިއަށްދާނެ އެވެ. 

ކަމަނަ ޕްލޭނަކީ އަންހެނުންނަން ހާއްސަ މާލީ ރައްކާތެރިކަމެއް ޔަގީންކޮށްދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ޕްލޭނެކެވެ. 

މާލީގޮތުން ދުރާލާ ތައްޔާރުވުމަށް އެހީވެދޭ މި ޕްލޭނުން ފޯރުކޮށްދޭ ކަވަރޭޖްތަކުގެ ތެރޭގައި ފުރާނަ އަށް ގެއްލުން ހުރި ބައްޔެއް ޖެހިއްޖެ ހާލަތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން، ތިން އަހަރުން އެއް ފަހަރު ހިލޭ ކެންސަރު (އަންހެނުންނަށް ހާއްސަ ތިން ބާވަތުގެ ކެންސަރު) ސްކްރީނިން ހެދޭނެ މަގު ފަހިކޮށްދިނުމުގެ އިތުރުް އެކްސިޑެންޓެއް ދިމާވެގެން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން އަދި ޕްލޭންގެ މުއްދަތުގެ ތެރޭގައި ނިޔާވެއްޖެނަމަ އާއިލާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން ހިމެނެ އެވެ. މީގެ އިތުރުން ވެސް މިޕްލޭންގެ އެންމެ ހާއްސަ ސިފައަކީ ކުރިން ބުނެދިޔަ ހާލަތްތަކުގައި މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްފަހު ވެސް މި ޕްލޭން ކުރިޔަށްދާ އުސޫލު ކަނޑައެޅިފައިވުމެވެ. 

ނަތީޖާއެއް ގޮތުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ދައްކަން ނުޖެހި ޕްލޭނުގެ މުއްދަތު ފުރިހަމަވަންދެން ޕްލޭން ކުރިޔަށްދިޔުމާއެކު އެމުއްދަތުގައި ލިބޭ އިމަޖެންސީ ފަންޑުވެސް ލިބޭނެ ގޮތް ވަނީ ފަހިވެފައެވެ. އެއަށްފަހު ޕްލޭނުގެ މުއްދަތު ހަމަވުމުން ގަނޑުކޮށް ފައިސާ ލިބޭނީ އެއްކުރެވިފައިވާ ފައިސާ އާއި އެއަށް ލިބިފައިވާ ފައިދާ އާއި ވެސް އެކުގަ އެވެ.

ކަމަނަ ޕްލޭނާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމަށް އެލައިޑް އިސްލާމިކް ވިންޑޯއިން ދަނީ އެކި އޮފީސްތަކާއި މުއައްސަސާތަކަށްވެސް މައުލޫމާތު ސެޝަން ރާވާ ހިންގާދެމުންނެވެ. އެގޮތުން، މި ފަދަ އެހީތެރިކަމެއް ބޭނުންފުޅުވާ ފަރާތްތަކުން ހޮޓްލައިން ނަމްބަރ 1600 އަށް ގުޅުއްވުމަށް އެލައިޑް އިސްލާމިކް ވިންޑޯ އިން އެދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.