ތައިލެންޑަށް ދާ ދިވެހިންވެސް ދެން އޮންލައިން އެރައިވަލް ކާޑު ފުރަންޖެހޭނެ

އެ ފޯމު ހުށަހަޅަންޖެހޭނީ ތައިލެންޑަށް އެތެރެވުމުގެ މަދުވެގެން ތިން ދުވަސް ކުރިން ކަމަށް ވެސް އެމްބަސީން ބުންޏެވެ.

މިއަދުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިން ވެސް އޮންލައިންކޮށް އެ ގައުމުގެ ޑިޖިޓަލް އެރައިވަލް ކާޑު ފުރަންޖެހޭނެ ކަން ހަނދާންކޮށްދީފި އެވެ.

ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ، ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މިއަދުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަން ހަނދާންކޮށްދީފަ އެވެ.

އެ ފޯމު ހުށަހަޅަންޖެހޭނީ ތައިލެންޑަށް އެތެރެވުމުގެ މަދުވެގެން ތިން ދުވަސް ކުރިން ކަމަށް ވެސް އެމްބަސީން ބުންޏެވެ.

ނަމަވެސް މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށާއި، ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މީގެކުރިން ބުނެފަ އެވެ.

އެހެންކަމުން ތައިލެންޑަށް ދަތުރުކުރާ ދިވެހިން، ރާއްޖޭން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ރާއްޖޭން ބޭރުގައި އުޅޭއިރު އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.