އާމްދަނީ 6.9 % އުފުލުމެއްގައި | ގްރީން ޓެކްސް ދެ ގުނަ އިތުރު

ހިސާބުތައް ދައްކާ ގޮތުން ދައުލަތަށް 12.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 11.6 ބިލިއަން ރުފިޔާ އެވެ.

ރަށެއްގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރަނީ -- މިރާ

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރަށް ވުރެ ގާތްގަނޑަކަށް 6.9 ޕަސެންޓް އިތުރުވެ، 12.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ. 

ފިނޭންސުގެ ހަފުތާގެ މާލީ ހިސާބުން ދައްކާ ގޮތުގައި މިއާއެކު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެއްޖެ އެވެ. ހިސާބުތައް ދައްކާ ގޮތުން ދައުލަތަށް 12.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 11.6 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ އާމްދަނީގެ ބެހިފައިވާ ދެބައި

  • ޓެކްސް: 9.5 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 9.4 ބިލިއަން ރުފިޔާ)
  • ޓެކްސް ނޫން އާމްދަނީ: 2.8 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 1.98 ބިލިއަން ރުފިޔާ)

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން އާމްދަނީ ލިބުނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) މެދުވެރިކޮށެވެ. އެގޮތުން، ޓީޖީއެސްޓީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 3.6 ބިލިއަން ރުފިޔާ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 24 އޭޕްރީލް 2025ގެ ނިޔަލަށް 617.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 361.9 މިލިއަން ރުފިޔާ އެވެ.

  • އެއާޕޯޓް ސާވިސް ޗާޖު/ޑިޕާޗާ ޓެކްސް: 490.5 މިލިއަން ރުފިޔާ (މިދިޔަ އަހަރު 380.7 މިލިއަން ރުފިޔާ)
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 492.8 މިލިއަން ރުފިޔާ (މިދިޔަ އަހަރު 389.1 މިލިއަން ރުފިޔާ)

މި މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 13.2 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވި 9.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވި 804.5 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދުގެ މައިގަނޑު ބައިތަކަށް ބަލާއިރު:

  • މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަން: 3.7. ބިލިއަން ރުފިޔާ (މިދިޔަ އަހަރު 3.3 ބިލިއަން ރުފިޔާ)
  • އިދާރީ ހަރަދުތައް: 5.9 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 6.5 ބިލިއަން ރުފިޔާ)

މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް މިހާތަނަށް ވަނީ 1.9 ބިލިއަން ރުފިޔާއިން އަރަނިވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ހުރީ 1.6 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓް ގެ އޯވަރޯލް ބެލެންސް ހުރީ 3.5 ބިލިއަން ރުފިޔާއިން އަރަނިވެރިވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.