ލިވަޕޫލް ތަށި ހޯދި މެޗުގައި އެންމެ ހާއްސަ ގޯލާއެކު ރާއްޖެ

އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީ ވިދާޅުވީ ލިވަޕޫލްއާއެކު ވެވުނު އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގެ ބްރޭންޑް އެންމެ މަތީ ފަންތީގައި ދައްކާލުމެވެ. މިކަން ވަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މޯސަލާގެ ގޯލަށްފަހު އުފާފާޅުކުރަން އޭނާ ދިއައީ ރާއްޖޭގެ އިސްތިހާރު ކައިރިއަށް

ލިވަޕޫލް އެންމެފަހުން ޕްރިމިއަ ލީގު ކާމިޔާބުކުރި އެންމެ ހާއްސަ ލަނޑުމިސްތުގެ މުހައްމަދު ސަލާ ރީތި ގޯލް ޖަހައި އުފާފާޅު ކުރަމުން ދިޔައިރު ދިވެހިންނަށް އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ދިވެހިރާއްޖެ ފެނިގެން ދިއުމެވެ. 

ލިވަޕޫލްއާއި ރާއްޖޭން ވެފައިވާ ޓޫރިޒަމް މާކެޓިންގެ އެއްބަސްވުމުގެ ދަށުން އެންފީލްޑުގެ ލަނޑުގައި ކުޅޭ މެޗުތަކުގައި ރާއްޖޭގެ އިސްތިހާރު ސްކީންތަކުގައި ދައްކަމުން ގެންދާނެ އެވެ. ޓޮޓެންހަމް ހޮޓްސްޕާސް 5-1 އިން ބަލިކޮށް ލިވަޕޫލުން މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު މިދިޔަ އާދިއްތަ ދުވަހު ކާމިޔާބުކުރި މެޗުގައި މިސްރުގެ ސަލާ ނުވަތަ "މޯސަލާ" ޖެހި ރީތި ލަނޑާއެކު  ވިޒިޓްމޯލްޑިވްސް ބޯޑު އެ ދަނޑުގައި ފެންނަން ހުއްޓެވެ. 

ދުބާއީގައި މިހާރު ކުރިއަށްދާ އޭޓީއެމްގައި އިނގިރޭސިވިލާތުގެ ބްރޭކިން ޓޫރިޒަމް ނިއުސް އަށް ދެއްވި އިންޓަވިއެއްގައި އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ ރާއްޖެއާއި ލިވަޕޫލްއިން ހެދި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ހައި އޯޑިއަންސެއްގައި ރާއްޖޭގެ މަތީ ފަންތީގެ ޓޫރިޒަމް ބްރޭންޑް ދައްކާލުން ކަމަށާ އެކަން ފުރިހަމަވަމުންދާ ކަމަށެވެ. 

"މިކަހަލަ އެތައް ކަމެއް ފެނިގެންދާނެ. މިއީ މިހާތަނަށް ރާއްޖޭން މިފަދަ އެއްބަސްވުމެއް ހެދި ފުރަތަމަ ފަހަރު. މިއީ ޔުނީކް އެއްބަސްވުމެއް. މި ޕާޓްނަޝިޕުން ވަަރަށް ޕޮޒޮޓިވް ކޮމެންޓްތައް ލިބޭ،" ޝިއުރީ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އޭޓީއެމްގައި ލިވަޕޫލްގެ މި ޕާޓްނާޝިޕްގެ ބައެއް މަންޒަރުތައް ކުޅުންތެރިންގެ ފޮޓޯތަކާއެކު ދައްކަން ބެހެއްޓުމުންވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ބޮޑުވެފައިވާ ކަމަށެވެ.

"ވަރަށް ގިނަ ބަޔަކު އައިސް ފޮޓޯނަގާވެސް ހަދާ. ވަރަށް ޕޮޒިޓިވްކޮށް ފެންނަނީ އެކަން ވެސް،" ޝިއުރީ ވިދާޅުވި އެވެ. 

ރާއްޖެއާއި ލިވަޕޫލްއިން ވެވުނު އެއްބަސްވުމުގެ ދަށުން ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވެ އެވެ. މީގެތޭގައި އޮފް ސީޒަންގައި އެ ކްލަބުގެ ކުޅުންތެރިން ރާއްޖެ އައުންވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.