މައްސަލައިގެ ހަގީގަތަށް ވާސިލްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: މުނައްވަރު

އެއްވެސް އިދާރާއަކުން އަދި މި މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ވެރިޔެއްގެ ފަރާތުން ވިޔަސް ނުފޫޒެއް ފޯރުވަން އުޅެފި ނަމަ ނުވަތަ އެއްބާރުލުން ނުދޭނަމަ އެކަން ރައްޔިތުންނަށް އަންގަވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު -- މި

ހ. ފެންޓެނޯއީ ގޭ މަތިން ފުރާޅެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ހަގީގަތަށް ވާސިލްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، ތަހުގީގަށް އެއްބާރުލުން ނުލިބޭނަމަ އެކަން ރައްޔިތުންނަށް އަންގާނެ ކަމަށް މި މައްސަލަ ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގައި އިސްކޮށް ހުންނަވާ ކުރީގެ ބަންޑާރަ ނައިބް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ކޮމިޝަންގެ މަސައްކަތްތައް ފެއްޓި ކަމަށް އިއުލާނު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ މަގުސަދަކީ ވީހާވެސް އަވަހަށް މަސައްކަތް ނިންމުން ކަމަށެވެ. އަދި، މި ކޮމިޝަނަށް ރައްޔިތުންގެ ފަރާތުން އިތުބާރު ކުރެވޭފަދަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ މިއީ މީގެ ކުރިން އުފެއްދި ކޮމިޝަންތަކާ ތަފާތު ކޮމިޝަނެއް ކަމަށާއި، މީގެ ކުރިން އުފެއްދި ކޮމިޝަންތަކުން ނެރުނު އެއްވެސް ނަތީޖާއެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން މިހާރު އުފައްދާފައިވާ އެ ކޮމިޝަނަށް ރައްޔިތުން އިތުބާރު ނުކުރުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެން ވަރަށް މިނިވަންކަމާއެކު ގެންގޮސް، މި މައްސަލައިގަ ރައްޔިތުން ބޭނުންވަނީ އަދުލު އިންސާފު ގާއިމްކުރަން ކަމަށްވެއްޖިއްޔާ، އަޅުގަނޑުމެންނަކީ އަދުލު އިންސާފު ގާއިމްކުރާ ބައެއް ނޫން، އެކަން އޮޅިގެންނެއް ނޫޅެން، އެހެންނަމަވެސް އިންސާފުވެރިކޮށް މި މައްސަލަ ދައުލަތުގެ މުއައްސަސާތަކުން ބެލޭނެކަން، ބެލުން ކަށަވަރުކުރުން މިވަގުތުގެ ޓާގެޓަކީ،" މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ މި މައްސަލައިގެ ތެރޭގައި ޖިނާއީ އިޝޫއެއް ކަމަށްވާ ޔުމްނު ވައްޓާލީތޯ ނުވަތަ ވެއްޓުނީތޯ އުފެދޭ ސުވާލުގެ ޖަވާބު ހޯދުމަށް ޔުމްނުގެ ވެސް ބަޔާން ނަގަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެކަމަށް ވެސް ކޮންމެވެސް ވަރެއްގެ ވަގުތެއް ނަގާނެކަން ފާހަގަކުރައްވަމުން ވިދާޅުވީ ފުލުހުން އެކަން ކުރާ ގޮތް ވެސް ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް [ކޮމިޝަންގެ މެންބަރުންގެ މެދުގައި] އެއްބަސްވެފަ ވަނީ ތަހުގީގު ކުރާ ރަސްމީ ފަރާތަކީ ދިވެހި ފުލުހުންނޭ، އަޅުގަނޑުމެން ބަލާނީ އެބޭފުޅުން ކުރާ ތަހުގީގު ފުރިހަމަ ކުރެވޭތޯ،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ އެއްވެސް އިދާރާއަކުން އިހުމާލެއް ވެފައިވޭތޯ ވެސް ބައްލަވާނެ ކަމަށެވެ. އެއްވެސް އިދާރާއަކުން އަދި މި މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ވެރިޔެއްގެ ފަރާތުން ނުފޫޒެއް ފޯރުވަން އުޅެފި ނަމަ ނުވަތަ އެއްބާރުލުން ނުދޭނަމަ އެކަން ރައްޔިތުންނަށް އަންގަވާނެ ކަމަށެވެ.

"ކުރީގެ ކޮމިޝަންތަކާ ތަފާތުވާ ސަބަބެއް މީ އޮން ގޮއިން ތަހުގީގަކާ، މިކަން ނިންމާފަ ފިޔަވަޅު އަޅަން އެބަ ޖެހޭ، ދައުވާ ކުރަން ޖެހޭ ފަރާތެއް ހުރިއްޔާ ދައުވާކޮށް، އަދަބު ލިބެން ޖެހޭ ފަރާތެއް ހުރިއްޔާ އަދަބުދީ، ޖަވާބުދާރީ ކުރުވަން ޖެހޭ ފަރާތެއް ހުރިއްޖާ އެފަރާތްތައް ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިންމު ކަމެއް،" މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ކޮމިޝަނުން އަދި މިހާތަނަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށާއި އަދި ފުލުހުންނާ ވެސް ބައްދަލު ނުކުރާ ކަމަށެވެ. ނަމަވެސް އުންމީދަކީ "ފިސާރި އަވަހަށް" ކޮމިޝަންގެ މަސައްކަތް ނިމުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.