މި މުބާރާތުގައި ބައިވެރުވުމަށް ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ނުވަތަ ކުރު (އެއް މިނެޓަށްވުރެ ދިގު ނޫން) ވީޑިއޯކޮޅެއް ހުށަހަޅަންޖެހޭނެ އެވެ.
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތެއް ފަށައިފިއެވެ.
މި މުބާރާތަކީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން، މި މުބާރާތުގައި ބައިވެރުވުމަށް ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ނުވަތަ ކުރު (އެއް މިނެޓަށްވުރެ ދިގު ނޫން) ވީޑިއޯކޮޅެއް ހުށަހަޅަންޖެހޭނެ އެވެ. ފޮޓޯ ނުވަތަ ވީޑިއޯ އެފަރާތެއްގެ (ޕަބްލިކް) ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރާއިރު، @hdcmaldives އަދި @myhulhumalemv ޓެގް ކުރުމުގެ އިތުރުން #LifeinHML ހޭޝްޓެގް ބޭނުންކުރަންވާނެ އެވެ.
މި މުބާރާތަށް ފޮޓޯއާއި ވީޑިއޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ އަށް ވަނަ ދުވަހެވެ.
އެޗްޑީސީން ވަނީ "މައި ހުޅުމާލޭ ފެސްޓިވަލް"ގެ ނަމުގައި މި ހަރަކާތްތައް އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދަން ނިންމާފަ އެވެ. މި ފެސްޓިވަލްގެ ތެރެއިން އެކި ދުވަސްތަކަށް ބަހާލައިގެން ހުރިހާ އުމުރުފުރާތަކަށް ހާއްސަ އެކި ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އޭގެ ތެރޭގައި ފޮޓޯ ނެގުމުގެ މުބާރާތަކާއި އާއިލީ ކާނިވަލަކާއި ހުޅުމާލޭ ޑިސްކައުންޓު ވީކާއި ގެލްޓު ކޭމްޕަކާއި ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކެއްގެ އިތުރުން ބީޗް ފެސްޓެއް އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި، މަސް ރޭހެއްގެ އިތުރުން ސައިކްލިން ޗެމްޕިއަންޝިޕެއް ބޭއްވުމަށް ވެސް ވަނީ ނިންމައުފަ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، އެ ރަށުގައި މީހުން ދިރިއުޅެން ފެށީ މޭ 12، 2004 ގަ އެވެ.